
ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދޭން ފަށައިފި
# ސްޓެލްކޯ-
ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދޭން ފަށައިފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.
ސްޓެލްކޯއިން ދާދި ދެންމެ އަކު ބުނީ ހައިވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ކަމަށެވެ. ސްޓެލްކޯއިން ވަނީ މިކަމާއި ގުޅިގެން ދިމާވި ދަތިތަކަށް މާފަށް އެދިފައި އެވެ.
ސްޓެލްކޯއިން މީގެ ކުރީން މައުލޫމާތު ދިން ގޮތުގައި ދިމާވި މައްސަލައާއި ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާ ޓަވަރު 5، 6، އަދި 7 ، ވިނަރެސްގެ 10 ޓަވަރު ، އަމާން ދޯދި 12، 13، 14، 15، އަދި 16 ، އަމާން އުދަރެސް 5، އަދި 6 ގެ އިތުރުން އެމްޕީއެލް ޓަވަރުތަކުންނެވެ.
ގުޅުންހުރި

ފޭސް 2 ގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަނީ: އެކި ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑުން އެކަށީގެންވޭ!

ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކަނޑާލަނީ
.jpeg&w=3840&q=75)
ހަކަތަ އިޤްތިޞާދުކުރުމާއި ކަރަންޓުގެ ރައްކާތެރިކަމަށް ތުލުސްދޫގައި ކަނބަލުންނަށް ސްޓެލްކޯގެ ފަރާތުން ޚާއްސަ ތަމްރީނެއް!




