
ފޭސް 2 އިން ކަރަންޓު ކެނޑުނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ކޭބަލަކަށް ގެއްލުން ލިބިގެން - ސްޓެލްކޯ
# ސްޓެލްކޯ-
ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ކޭބަލަކަށް ގެއްލުން ލިބިގެންކަމަށް ސްޓެލްކޯއިން ހާމަކޮށްފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.
އެގޮތުން މިހާރު ކޭބަލް މަރާމާތުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯއިން މީގެ ކުރީން މައުލޫމާތު ދިން ގޮތުގައި ދިމާވި މައްސަލައާއި ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔ ޓަވަރު 5، 6، އަދި 7 ، ވިނަރެސްގެ 10 ޓަވަރު ، އަމާން ދޯދި 12، 13، 14، 15، އަދި 16 ، އަމާން އުދަރެސް 5، އަދި 6 ގެ އިތުރުން އެމްޕީއެލް ޓަވަރުތަކުންނެވެ.
ގުޅުންހުރި

ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދޭން ފަށައިފި

ފޭސް 2 އިން ކަރަންޓު ކެނޑުނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ކޭބަލަކަށް ގެއްލުން ލިބިގެން - ސްޓެލްކޯ

ފެނަކައިން ހިދުމަތް ދެމުން އައި ތިން އަތޮޅެއްގެ ޔުޓިލިޓީ ހިދުމަތް ސްޓެލްކޯގެ ދަަށަށް ބަދަލުކޮށްފި




