
ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނާޖައިޒް ކުރަނީ: ކަރަންޓު ނެތް ސަރަހައްދުތަކަށް ދާދި އަވަހަށް ކަރަންޓު ލިބޭނެ!
# ސްޓެލްކޯ-
މާލެއާއި ހުޅުމާލެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ޚިދުމަތް އެއްކޮށް އިއާދަކުރުމަށްޓަކައި "ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް" އެނާޖައިޒް ކުރުމުގެ މުހިންމު މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، މާލެއާއި ހުޅުމާލެ ގުޅުވައިދޭ މި މައި ގްރިޑް އެނަޖައިޒްވުމާއެކު، މިހާރު ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދުތަކަށް ދާދި އަވަހަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.
ކަރަންޓު ކެނޑުމާ ގުޅިގެން ކުންފުނީގެ ފަންނީ ޓީމުތަކުން ހުއްޓުމެއްނެތްގޮތެއްގައި ކުރި މަސައްކަތުން، މިހާތަނަށް މާލޭގެ ބައެއް އަވަށްތަކަށާއި ހުޅުމާލޭގެ ބޮޑުބަޔަކަށް މިހާރު ވަނީ އަލުން ކަރަންޓުގެ ޚިދުމަތް ދެވިފައެވެ. ސްޓެލްކޯއިން ބުނިގޮތުގައި މިހާރު ކުރިއަށްދާ ގްރިޑް އެނަޖައިޒް ކުރުމުގެ ފަހުގެ މަރުހަލާ ނިމުމަކަށް އައުމާއެކު، ކުރިއަށް އޮތް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މާލެ ސަރަހައްދުން ބާކީ ހުރި ހުރިހާ ސަރަހައްދަކަށްވެސް ކަރަންޓު ދީ، މުޅި ނިޒާމު އާންމު ހާލަތަކަށް ގެނެވޭނެއެވެ.
ސްޓެލްކޯއިން ދަނީ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މާފަށް އެދެމުން، ވީހާވެސް ހަލުވި މިނެއްގައި މުޅި މާލެ ސަރަހައްދަށް ޚިދުމަތް ޔަގީންކޮށްދިނުމަށް ފުރިހަމަ ބާރުލާފައި މަސައްކަތް ކުރަމުންނެވެ.
ގުޅުންހުރި

ސްޓެލްކޯގައި 37 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު އިބްރާހީމް ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ކަރަންޓު ކެނޑުނީ ސޮފްޓްވެއަރ އަޕްޑޭޓަށްފަހު ދިމާވި މައްސަލައަކުން- ސްޓެލްކޯ

މާލެއާއި ހުޅުމާލެއިން ކުއްލިގޮތަކަށް ކަރަންޓު ކެނޑުނު މައްސަލަ ދެނެގަނެ، އަލުން ކަރަންޓު ދޭން ފަށައިފި




