logoEN
WAMCO TOP 1
ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ

ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

4/25/2026, 11:24:00 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ އެވެ.

THE TRAVELLER AD

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން 2026 އޭޕްރީލް 24 ދުވަހުގެ މެންދުރު އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސްފައިވައިވާ ކަމަށެވެ.

އެގޮތުން އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނިޔާވެފައިވަނީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރަކާގުޅިގެން ބަންދުގައިހުރި 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާކަމަށް ފުލުހުން ހާމަކުރި އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC