logoEN
WAMCO TOP 1
ތަމްރީނުގެ މަރުހަލާއަކީ ގާބިލު، ޕްރޮފެޝަނަލް އަދި އަހުލާގީ ގޮތުން ރަނގަޅު އޮފިސަރުން ބިނާކުރުމުގެ ބިންގާ - ސީޕީ

ތަމްރީނުގެ މަރުހަލާއަކީ ގާބިލު، ޕްރޮފެޝަނަލް އަދި އަހުލާގީ ގޮތުން ރަނގަޅު އޮފިސަރުން ބިނާކުރުމުގެ ބިންގާ - ސީޕީ

އަހުމަދު ޝުރާއު

logo

4/23/2026, 6:46:06 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އަށް މިއަދު ޒިޔާރަތްކުރައްވައި، އެ ކޮލެޖުގައި ތަމްރީނު ހަދަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.

THE TRAVELLER AD

މި ޒިޔާރަތުގައި ކޮމިޝަނަރ ވަނީ ކޮލެޖުގެ ސީނިއާ މެނޭޖްމަންޓާ ބައްދަލުކުރައްވައި، ކުރިއަށްދާ މަސައްކަތްތައް މުރާޖައާކުރައްވައި، ތަމްރީނާ ގުޅޭ މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. ފުލުހުންގެ ތަމްރީންތައް އިތުރަށް ހަރުދަނާކުރުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ވަރުގަދަކުރުމާއި، ޒަމާނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބޭނުންތަކާ އެއްގޮތަށް ތަމްރީނު ޕްރޮގްރާމްތައް ބައްޓަންކުރުމާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ކޮމިޝަނަރ ވަނީ އެ ކޮލެޖުގައި މިހާރު ކުރިއަށްގެންދާ ޕޮލިސް އިނީޝަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނާ ވެސް ބައްދަލުކުރައްވައިފައެވެ. ދަރިވަރުންނާ މުހާތަބުކުރައްވައި، ތަމްރީނުގެ މަރުހަލާގެ މުހިންމުކަން ފާހަގަކުރައްވައި، މިއީ ގާބިލު، ޕްރޮފެޝަނަލް އަދި އަހުލާގީ ގޮތުން ރަނގަޅު އޮފިސަރުން ބިނާކުރުމުގެ ބިންގާ ކަމުގައި ވިދާޅުވިއެވެ.

"ތަމްރީނު މަރުހަލާއަކީ ވަރަށް މުހިންމު މަރުހަލާއެއް. ތަމްރީނު ފުރިހަމަކޮށް ޢަމަލީ މައިދާނަށް މާދަމާ ނުކުމެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރައްޔިތުން ގަބޫލުކުރާ، އަދި މުއައްސަސާ އެދޭފަދަ ރަނގަޅު ފުލުހެއްގެ ގޮތުގައި މަސައްކަތްކުރާތަން ދެކެން ބޭނުންވޭ." ކޮމިޝަނަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، އިންސްޓްރަކްޓަރުންގެ އިރުޝާދަށް ފުރިހަމައަށް ތަބާވެ، ޤަވާއިދުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ކޮމިޝަނަރ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި އިތުބާރާއި ޒިންމާދާރުކަމާ އެކު އަމަލީ މައިދާނަށް ނުކުތުމަށް ތައްޔާރުވެ، ނަޒާހަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކޮށް، މުޖުތަމައުގެ އިތުބާރާއި އިހުތިރާމް ހޯދުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC