
ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމައި 40 ދަރިވަރަކަށް ސެޓްފިކެޓް ދީފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ރ. އަތޮޅުގައި ކުރިއަށް ގެންދާ ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ދަށުން ރ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިންގި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގެ 131 ވަނަ ބެޗްގެ ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރެވެ. އެ ރަސްމިއްޔާތުގައި ޙުސައިން ސަމީރު ވަނީ ސްކޫލުތަކުގެ ޓްރެފިކް މޮނިޓަރުންނަކީ ސްކޫލުގެ އެހެން ދަރިވަރުންނަށާއި ބެލެނިވެރިންނަށް ނަމޫނާ ދައްކާނެ ސޭފްޓީ އެމްބެސަޑަރުންނަށް ވުމަށް ދަރިވަރުންނަށް ގޮވާލައްވައިފައެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ގާއިމުކުރުމަށް ބާރުއެޅުމަށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ހަނދާންކޮށްދެއްވިއެވެ.
މި ހަރަކާތުގައި 40 ދަރިވަރުން ބައިވެރިވެ ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. ރަސްމިއްޔާތުގައި ސްކޫލުގެ ޕްރިންސިޕަލް ވަނީ މިފަދަ ޕްރޮގްރާމެއް އެ ރަށަށް ހާއްސަ ކުރީތީ ޝުކުރު އަދާކުރައްވައިފައެވެ. މި ރަސްމިއްޔާތުގައި ކައުންސިލް ނައިބު ރައީސާއި އަތޮޅު ކޮމާންޑަރުގެ އިތުރުން ރޯޑް ސޭފްޓީގެ އިސް ވެރިންނާއި އެހެނިހެން އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރޭ އުނގޫފާރު ސްކޫލުގައި ވެސް 132 ވަނަ ޓްރެފިކް މޮނިޓަރ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފައިވެއެވެ. އެ ޕްރޮގްރާމް 35 ދަރިވަރުން ފުރިހަމަކޮށްފައިވެއެވެ. މިއީ ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ދަށުން ރ. އަތޮޅުގައި މި މަހުގެ 17 އިން 27 އަށް ކުރިއަށް ގެންދާ އެކި ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ގުޅުންހުރި
%20(1).webp&w=3840&q=75)
ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ

ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމައި 40 ދަރިވަރަކަށް ސެޓްފިކެޓް ދީފި

ތަމްރީނުގެ މަރުހަލާއަކީ ގާބިލު، ޕްރޮފެޝަނަލް އަދި އަހުލާގީ ގޮތުން ރަނގަޅު އޮފިސަރުން ބިނާކުރުމުގެ ބިންގާ - ސީޕީ




