logoEN
WAMCO TOP 1
ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް: އަންހެން ޑިވިޝަންގެ ފައިނަލުން ޒެފާރސް އާއި ކުލަބު ހުޅު ޖާގަ ހޯދައިފި

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް: އަންހެން ޑިވިޝަންގެ ފައިނަލުން ޒެފާރސް އާއި ކުލަބު ހުޅު ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

4/23/2026, 7:11:10 PM

# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރު # ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026" ގެ އަންހެން ޑިވިޝަންގެ ފައިނަލުން ޒެފާރސް އާއި ކުލަބު ހުޅުން ޖާގަ ހޯދައިފިއެވެ.

THE TRAVELLER AD

މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ކުލަބު ހުޅު

ޖާގަހޯދީ މިރޭ ކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ޕްރޯ ސްޕޯޓްސް އެކަޑަމީ ބަލިކުރުމަށްފަހު އެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް 12-11 ގެ ނަތީޖާއަކުން ކުލަބު ހުޅު ކާމިޔާބުކުރި ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 09-11 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕްރޯ އެސްއޭ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް ވާދަވެރި ކުޅުމަކަށްފަހު 3-5 ގެ ނަތީޖާއަކުން ކުލަބު ހުޅު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ފާތުމަތު އަރުޝާ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ޒެފާރސް ޖާގަ ހޯދީ މިރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ވެސްޓްއެންޑް ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް ވާދަވެެރި ކުޅުމަކަށްފަހު 10-09 ގެ ނަތީޖާއަކުން ޒެފާރސް ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ލީޑަކާއެކު 17-14 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފާރސްގެ ފާތުމަތު ޖުނާ އެވެ.

20 އެޕްރީލް 2026 އިން 24 އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު 11 ޓީމު ވާދަކުރިއިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި 11 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.

ކޮމެންޓް
ފަހުގެ
HDC