
ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެމްޕިއަންޝިޕް: ފިރިހެން ޑިވިޝަން ފައިނަލުން އެސްޖީސީ އާއި އެފްއެސްސީއޭ އިން ޖާގަ ހޯދައިފި
# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރު # ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް
ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026 " ގެ ފިރިހެން ޑިވިޝަން ފައިނަލުން ސްޕަރ ޖެނަރޭޝަން ކުލަބު (އެސްޖީސީ) އާއި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑަމީ (އެފްއެސްސީއޭ) އިން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުން އެސްޖީސީ ޖާގަހޯދީ މިރޭ ކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ޕްރޯ ސްޕޯޓްސް އެކަޑަމީ ބަލިކުރުމަށްފަހު އެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް އަށް ޕޮއިންޓްގެ ލީޑަކާއެކު 18-10 ގެ ނަތީޖާއަކުން އެސްޖީސީ އިން ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ނުވަ ޕޮއިންޓްގެ ލީޑަކާއެކު 20-11 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޖީސީގެ މުހައްމަދު އިސްހާގް އަހުމަދު އެވެ.
އެފްއެސްސީއޭމުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުން އެފްއެސްސީއޭ ޖާގަ ހޯދީ މިރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ބޮންތި ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް 22 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 32-10 ގެ ތަފާތުބޮޑު ނަތީޖާއަކުން އެފްއެސްސީއޭ އިން ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 15 ޕޮއިންޓްގެ ލީޑަކާއެކު 08-23 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްއެސްސީއޭ މުހައްމަދު އަފްއާން އާތިފް އެވެ.
16 އެޕްރީލް 2026 އިން އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި އަށް ޓީމު ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެއް ސެމީއަށް ހޮވޭއިރު، ކޮންމެ ގުރޫޕެއްގެ ދެވަނަ އަދި ތިންވަނަ ހޯދާ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުން މޮޅުވާ ދެޓީމަށް ވެސް ސެމީގެ ފުރުސަތު ލިބިގެންދާނެއެވެ.
މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.
ގުޅުންހުރި

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް: އަންހެން ޑިވިޝަންގެ ފައިނަލުން ޒެފާރސް އާއި ކުލަބު ހުޅު ޖާގަ ހޯދައިފި

ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެމްޕިއަންޝިޕް: ފިރިހެން ޑިވިޝަން ފައިނަލުން އެސްޖީސީ އާއި އެފްއެސްސީއޭ އިން ޖާގަ ހޯދައިފި

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް: ޕްލޭއޮފް ކާމިޔާބުކޮށް ބޮންތިއާއެކު ޕްރޯ އެސްއޭ ސެމީ ފައިނަލުން ޖާގަ ހޯދައިފި




