logoEN
WAMCO TOP 1
މިވެރިކަން ހިނގާނީ ފުލް ސްޕީޑުގައި، 583 ގޮނޑިއާއިއެކު މި ފެށުނީ ޕީއެންސީގެ ރަސްމީ ވެރިކަން - ޝުޖާއު

މިވެރިކަން ހިނގާނީ ފުލް ސްޕީޑުގައި، 583 ގޮނޑިއާއިއެކު މި ފެށުނީ ޕީއެންސީގެ ރަސްމީ ވެރިކަން - ޝުޖާއު

އަހުމަދު ޝުރާއު

logo

4/23/2026, 5:26:59 PM

# އިބްރާހިމް ޝުޖާއު

-

ނިމިދިޔަ ލޯކަލް ކައުންސިލް އަދި އތމކ ގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއާއިއެކު ފެށިގެން ދެން ދާނީ ޕީއެންސީގެ ހަގީގީ ވެރިކަން ކަމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ޝުޖާއު މިފަދައިން ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ހއ ފިއްލަދޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މާލޭގައި ހުންނަ ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ސަރުކާރުން އިންޑިއާއަށް ދައްކަން ޖެހޭ 400 މިލިއަން ރުފިޔާގެ ލޯނު ދައްކާ ހަލާސްކުރެވިގެން ދިޔުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ކުރިޔަށް އޮތް މުަސްތަގްބަލުގައި އިތުރު ލަސްކަމެއް ނެތި ނުފެށި އަދި ފެށިފައި ހުރި މަޝްރޫއުތަކުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާނެ ކަމަށާއި މި ވެރިކަން ދެން ހިނގާނީ ފުލް ސްޕީޑުގައި ކަމަށެވެ.

ވަކީން ޚާއްސަކޮށް ދެން ފެށިގެންދާނީ ކައުންސިލް އިންތިހާބުގައި ލިބުނު 584 ގޮނޑިއާއިއެކު ޕީއެންސީގެ ރަސްމީ ވެރިކަމެއްކަމުގައި ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުން ބޭނުންވަނީ ދިވެހިންގެ ރާއްޖެ އަމާން އައްސޭރިއަކަަށް ގެންގޮސްގެން، އެ ރާއްޖޭގައި ދިރިއުޅެެން ކަމަށެވެ. އަދި އެމްޑީޕީން މިހާރު ވަކާލާތު ކުރަމުންދާ ބޮޑު ބަދަލަކީ، ރާއްޖޭގައި މިސްކިތްތަކަށް ކުޑަކަމުދިޔަޔަސް އެއީ މާބޮޑު ކަމަކަށް ނުވާނެ އަދި ދައުލަތުގެ ހަރުމުދާ ވިއްކިޔަސް އެއީ މާބޮޑު ކަމަކަށް ނުވާނެ ބަދަލުކަމުގައި ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، އެއީ ވަރަށް ނާމާން ރާއްޖެއެެއް ކަމަށާއި، އެ ރާއްޖޭގައި މަތިމައްޗަށް ލޯނު ނެގިޔަސް، ދެއްކޭނެ ގޮތެއް ނުހޯދާނެ ކަަމަށެވެ. އަދި އެ ރާއްޖޭގައި ނަގާ ލޯނަށް އެ މީހުން ޒިންމާއެއް ނުވާނެ ކަމަށްވެސް ޝުޖާއު ވިދާޅުވެފައި ވެއެވެ. ދެން އައި ޖަޒީރާ ރާއްޖެ މިނިކާ ރާއްޖެއަކަށް ބަދަލުވެގެން ދިޔައީ ކަަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. މި ގައުމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ރައީސް ޑރ. މުއިއްޒު ފެއްްޓެވި ކަމަށާއި، ދެން ފެށޭނީ ހަގީގީ ޕީއެންސީގެ ވެރިކަން ކަމަށްވެސް ޝުޖާއު ވިދަޅުވިއެވެ.

ޕީއެންސީގެ ހަގީގީ ވެރިކަން ފެށިގެންދާއިރު އަތޮޅު ތެރޭގައި ތިއްބަވާ ޕީއެންސީގެ މެންބަރުން ވަރަށް އުފާވާނެ ކަމަށާއި އަންނާނީ ހެޔޮ ބަދަލުތަކެއްކަން ފާހަގަކޮށް ޝުޖާއު ވަނީ އެ ބަދަލަށް ޕާޓީގެ ގްރާސްރޫޓް ތައްޔާރުވާންޖެހޭ ކަމުގައި ޝުޖާއު ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC