logoEN
Sto top
ތުހުމަތުތަކަށް ޝުޖާއުގެ ރައްދު: " ބިޑުތައް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ބޮޑުތަނުން ރަނގަޅުވީމަ"

ތުހުމަތުތަކަށް ޝުޖާއުގެ ރައްދު: " ބިޑުތައް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ބޮޑުތަނުން ރަނގަޅުވީމަ"

އަހުމަދު ޝުރާއު

logo

8/2/2025, 6:59:01 PM

# އިބްރާހިމް ޝުޖާއު

-

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އިބްރާހިމް ޝުޖާއު އާއި ގުޅޭގޮތުން މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރު ކޮށްފައިވާ ކަމަށް ބުނާ ރިޕޯޓަށް އޭނާ ރައްދު ދެއްވައިފި އެވެ.

Wamco

މީސް މީޑިއާގައި އިއްޔެ ފެންމަތިވި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރު ކޮށްފައިވާ ކަމަށް ބުނާ ރިޕޯޓުގައި ވަނީ އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ބައެއް މުއާމަލާތްތަކާއި ބެހޭ މައުލޫމާތު ހިމަނާފައި އެވެ.

މިކަމާއި ގުޅިގެން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ސުޖާއު ވިދާޅުވި ފަތުރަމުން ދަނީ އަސްލެއްކަމެއް ނުވަތަ ފޭކެއް ކަމެއް ދަންނަވަން ނޭނގޭކަމަށާއި ސަބަބަކީ އެކަމުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން އޭނާއަށް ލިބިފައި ނުވާތީ ކަމަށެވެ. އަދި އެއީ ޞައްޚަ ލިޔުމެއް ނަމަ އެއީ އެމަސައްކަތްތައް ކާމިޔާބު ކުރިގޮތާއި އެމަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަޤީޤަތް އޮޅުވާލައި އޭނާ ޙިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގްޞަދުގައި ކޮށްފައިވާ ކަމެއްކަމުގައި ދެކޭކަމަށްވެސް ސުޖާއު ވިދާޅުވިއެވެ."އަޅުގަނޑުމެންގެ ކުންފުންޏަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވައިދުތަކުގެ ތެރެއިން މާތްاللهގެ ވާގިފުޅާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. " ޝުޖާއު ވިދާޅުވިއެވެ.

އެގޮތުން ރައީސް ޔާމީން، ރައީސް ޞާލިހް އަދި ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގައިވެސް ހެދިފައިވާ އުޞޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ކާމިޔާބު ކަމާއެކު ހިންގާފައިވާނެކަން ފާހަގަކޮށް ސުޖާއު ވިދާޅުވީ މިފަދަ މަސައްކަތްތަކުގެ ބިޑުތައް އޭނާގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ވަރަށްބޮޑުތަނުން ރަނގަޅުވީމަކަމީ ފެންނަންއޮތް ހަޤީގަތެއް ކަމަށާއި އެކަންކަން ކުންފުނީގެ މަސައްކަތްތަކުން ފެންނާނެ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު ވިޔަފާރިކޮށްއުޅުމަށް ލިބިދޭ ޙައްޤުގެތެރެއިން ވިޔަފާރި ފުޅާކޮށް ކުރިއަށްއޮތްތަނުގައިވެސް ކުރިއަށް ގެންދިއުމަކީ އުންމީދެއްކަމަށްވެސް ސުޖާއު ވިދާޅުވިއެވެ." އަަޅުގަނޑާއި އަޅުގަނޑު ޙިއްޞާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިއަދާ ހަމައަށްވެސް އަދި ދުވަހަކުވެސް އެއްވެސް އިދާރާއަކުން އެއްވެސްކަމެއް ސާފުކޮށް އެއްވެސް މައްސަލައެއް ބަލާފައެއް ނެތެވެ.އަދި އިންޝާالله ބަލަންޖެހޭ މައްސަލައެއް ނުވެސް އޮންނާނެއެވެ.އަދި އެއްވެސް މައްސަލައެއް ބަލަން އޮތްނަމަ ކަމާބެހޭ އިދާރާތަކުން ތަހުޤީގުކުރަންވާނެއެވެ. " ސުޖާއު ވިދާޅުވިއެވެ.

ސުޖާއު އިތުރަށް ވިދާޅުވީ އެފަދަ ހަޤީޤަތެއްނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އޭނާ ކުރާ ސިޔާސީ މަސައްކަތް ހުއްޓޭނެ ކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމުގައި ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC