
-
ފޭސް 2 ގައި އެސްޖޭއިން ތަރައްޤީކުރަމުންދާ މިސްކިތުގެ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެމަޝްރޫއުގެ އަދާހަމަ ހާމަކުރަމުން މިނިސްޓްރީން މިއަދު ބުނީ ހިޔާ ފްލެޓް 3 ސަރަޙައްދުގައި ބިނާކުރާ 1،400 މީހުންގެ ޖާގައިގެ (އެސްޖޭ) މިސްކިތުގެ އަމަލީ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ.
ހިޔާ ފްލެޓްތައް ކައިރީގައި އެސްޖޭ އިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ޖެނުއަރީ، 2022 ގަ އެވެ. އޭރު އެއްބަސްވެފައި އޮތީ މަސައްކަތް ފަށާތާ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ޑިޒައިންގައިވާ ގޮތުން އެއީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ކޯޓްޔާޑާ އެކު، 3،000 މީހުންގެ ޖާގަ އެ މިސްކިތުން ލިބޭނެ އެވެ.
ހުޅުމާލެ 2 ގައި އެ މިސްކިތް ހަދަނީ އެސްޖޭ ކޮންސްޓްރަކްޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުންނެވެ. އެ އެއްބަސްވުން ހެދީ މާލޭގެ ޒިކްރާ މިސްކިތް ހެދުމަށް އެސްޖޭ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލް ކުރުމުން، އޭގެ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ކުންފުނިން ހުށަހެޅުމުންނެވެ.
އެސްޖޭ އިން އިމާރާތް ކުރަމުން އަންނަ މި މިސްކިތުގެ މަސަައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ދިއުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ވެސް މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ގުޅުންހުރި

ފޭސް 2 އެސްޖޭ މިސްކިތުގެ ބޮޑު ބައެއް ނިމިއްޖެ - މިނިސްޓްރީ
.jpeg&w=3840&q=75)
އެއްވެސް ގައުމަކަށް ހައްޖުކޯޓާ އިތުރުކުރެވޭ ހާލަތެއްގައި ރާއްޖެއަށްވެސް ކޯޓާ އިތުރުވާނެ - މިނިސްޓަރ ޝަހީމް
ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި




