logoEN
WAMCO TOP 1
ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

# އިސްލާމިކް މިނިސްޓްރީ# ސައުދީ އަރަބިއްޔާ

ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިސްނެންގެވުމުގެ ދަށުން ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.

THE TRAVELLER AD

މި ކަދުރުތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމެންޓްސްއާ ހަވާލުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގެ ސެމިނާ ހޯލުގައި މިއަދު ވަނީ ބާއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އެވެ. އަދި އެ މިނިސްޓްރީގެ ފަރާތުން ކަދުރާއި ހަވާލުވެލެއްވީ، މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

View post on Twitter

މިކަމާ ގުޅިގެން މިނިސްޓަރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން 2004 ވަނަ އަހަރު މި އެހީ ތައާރަފްކުރި ހިސާބުން ފެށިގެން މިވީ 22 އަހަރުގެ ތެރޭގައި ރާއްޖެއަށް މެދުކެނޑުމެއް ނެތި ކަދުރު ހަދިޔާކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި މިއީ ސައުދީ އަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ދައްކުވައިދޭ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން މިނިސްޓަރު ވަނީ ސައުދީ ޢަރަބިއްޔާ ސަރުކާރާއި ރާއްޖޭގައި ހުންނަ އެގައުމުގެ އެމްބަސީން ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.

ކޮމެންޓް
ފަހުގެ
HDC