logoEN
WAMCO TOP 1
މަސްތުވާތަކެތީގެ މައްސަލާގައި އުކުޅަހުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލާގައި އުކުޅަހުން މީހަކު ހައްޔަރުކޮށްފި

# މަސްތުވާތަކެތީގެ މައްސަލަ# އއ.އުކުޅަސް# ފުލުހުން

މަސްތުވާތަކެތީގެ މައްސަލާގައި އުކުޅަހުން ހައްޔަރުކުރި މީހާ- ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލާގައި އއ. އުކުޅަހުން މީހަކު ހައްޔަރުކޮށްފި އެވެ.

THE TRAVELLER AD

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. އުކުޅަސް / ބަނަފްސާގެ، އިޝާން ޙަސަން (45އ) ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓަށް ހާޒިރުކުރުމަށް ޑްރަގް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 45 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC