logoEN
WAMCO TOP 1
ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް: ޕްލޭއޮފް ކާމިޔާބުކޮށް ބޮންތިއާއެކު ޕްރޯ އެސްއޭ ސެމީ ފައިނަލުން ޖާގަ ހޯދައިފި

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް: ޕްލޭއޮފް ކާމިޔާބުކޮށް ބޮންތިއާއެކު ޕްރޯ އެސްއޭ ސެމީ ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

4/22/2026, 7:49:57 PM

# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026# ދިވެހި ކުޅިވަރު # ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖު 2026 " ގެ ފިރިހެން ޑިވިޝަން ޕްލޭއޮފް ކާމިޔާބުކޮށް ބޮންތި ސްޕޯޓްސް ކުލަބާއިއެކު ޕްރޯ ސްޕޯޓްސް އެކަޑަމީ އިން މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

THE TRAVELLER AD

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިރޭ ކުޅުނު ޕްލޭއޮފް ފުރަތަމަ މެޗުގައި އޮނި ސްޕޯޓްސް ކުލަބާއި ވާދަކޮށް ބޮންތި މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 16-14 ގެ ނަތީޖާއަކުން ބޮންތި ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 18-13 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޮންތި ސްޕޯޓްސް ކުލަބުގެ ފިރުޝާން މުހައްމަދު އެވެ.

މިރޭ ކުޅުނު ޕްލޭއޮފް ދެވަނަ މެޗުގައި މައިދާން ސްޕޯޓްސް ކުލަބާއި ވާދަކޮށް ޕްރޯ ސްޕޯޓްސް އެކަޑަމީ އިން މެޗު ކާމިޔާބުކުރީ ވެސް ފަސޭހަކަމާއެކު ސީދާ ދެ ސެޓުންނެެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 11-23 ގެ ނަތީޖާއަކުން ޕްރޯ އެސްއޭ އިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 08-12 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕްރޯ އެސްއޭގެ އަބްދުﷲ ޒަހުވާން އިމްތިޔާޒް އެވެ.

މިނަތީޖާއެކު މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި މާދަމާ ރޭ 20:30 ގައި ގްރޫޕް އޭގެ އެއްވަނަ ހޯދި ސުޕަރ ޖެނަރޭޝަން ކުލަބު (އެސްޖީސީ) ދެކޮޅަށް ޕްރޯ ސްޕޯޓްސް އެކަޑަމީ ނުކުންނައިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ރޭ 21:40 ގައި ބޮންތި ސްޕޯޓްސް ކުލަބުން ނުކުންނާނީ ގުރޫޕް ބީގެ އެއްވަނަ ހޯދި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ (އެފްއެސްސީއޭ) އާއި ދެކޮޅަށެވެ.

16 އެޕްރީލް 2026 އިން އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި އަށް ޓީމު ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެއް ސެމީއަށް ހޮވޭއިރު، ކޮންމެ ގުރޫޕެއްގެ ދެވަނަ އަދި ތިންވަނަ ހޯދާ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުން މޮޅުވާ ދެޓީމަށް ވެސް ސެމީގެ ފުރުސަތު ލިބިގެންދާނެއެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.

ކޮމެންޓް
ފަހުގެ
HDC