
ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް: ޕްރޯ އެސްއޭ، ކުލަބު ހުޅު، ޒެފާރސް އަދި ވެސްޓްއެންޑް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފި
# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރުވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް
ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކަށްފަހު ޕްރޯ އެސްއޭ، ކުލަބު ހުޅު، ޒެފާރސް އަދި ވެސްޓްއެންޑް އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ އަންހެން ޑިވިޝަން ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ވާދަކޮށް ޕްރޯ ސްޕޯޓްސް އެކަޑަމީ މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި ދެ ސެޓުވެސް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 14-13 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕްރޯ އެސްއޭގެ ފާތިމަތު ލީމް ބިންތު ޔާސިރު އެވެ.
ކުއާޓާގެ ދެވަނަ މެޗުގައި ފްލައިން އީގަލް އާއި ވާދަކޮށް ކުލަބު ހުޅުން މެޗު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް 14- 13 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފްލައިންގް އީގަލް އިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 17-18 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކުލަބު ހުޅުން ވަނީ މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅު ޝޫޓްއައުޓް ސެޓް 4-5 ގެ ނަތީޖާއަކުން ކުލަބު ހުޅު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ފާތިމަތު އަރުޝާ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި ސުޕަރ ޖެނަރޭޝަން ކުލަބާއި ވާދަކޮށް ޒެފާރސް މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 13-09 ގެ ނަތީޖާއަކުން ޒެފާރސް ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 16-17 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފާރސްގެ ފާތުމަތު ޖުނާ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް ފަހު މެޗުގައި އޮސްޕްރޭ އާއި ވާދަކޮށް ވެސްޓްއެންޑް މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 06-10 ގެ ނަތީޖާއަކުން ވެސްޓްއެންޑް ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 19-05 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސްޓްއެންޑްގެ ތީބާ އަބްދުﷲ އެވެ.
20 އެޕްރީލް 2026 އިން 24 އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި 11 ޓީމު ވާދަކުރިއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި 11 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.
މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.
ގުޅުންހުރި

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް: ޕްލޭއޮފް ކާމިޔާބުކޮށް ބޮންތިއާއެކު ޕްރޯ އެސްއޭ ސެމީ ފައިނަލުން ޖާގަ ހޯދައިފި

ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް: ޕްރޯ އެސްއޭ، ކުލަބު ހުޅު، ޒެފާރސް އަދި ވެސްޓްއެންޑް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފި

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ފަސޭހަކަމާއެކު ޚާތިމް ބަލިކޮށް އޯޕަން ސިންގަލް ޗެމްޕިއަންކަން ހުޖާން ހޯދައިފި




