
މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
# ފުލުހުން# ބަނގުރާ-
އދ. މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މި އެޕްރީލް މަހުގެ 21 ވަނަ ދުވަހު ނައްތާލައިފައި ވަނީ 1049 ފުޅި ބަނގުރަލާއި، 437 ދަޅު ބަނގުރަލުގެ އިތުރުން ބަނގުރާ އަޅާފައިހުރި ހަމެކެވެ.
މި ތަކެއްޗަކީ 2025 އެޕްރީލް 14 އިން ފެށިގެން 2026 އެޕްރީލް 19 ގެ ނިޔަލަށް މާމިގިލީ، ވިލާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، އެހެނިހެން މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރާ ނައްތާލުމުގެ މަސައްކަތް މާމިގިލީ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ހާއްސަ ކޮމިޓީގެ ބެލުމުގެދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ގުޅުންހުރި

މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުން ތަމްރީނުކުރުމުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ފުލުހުންގެ ތަޖުރިބާ މުހިންމު: ސީޕީ

ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ




