logoEN
WAMCO TOP 1
ކުޑަހުވަދޫ ބަލިކޮށް ޕްރޯ އެސްއޭ ގުރޫޕްގެ އެއްވަނަ ހޯދިއިރު، ވެސްޓްއެންްޑުން އެސްޖީސީ ބަލިކޮށްފި

ކުޑަހުވަދޫ ބަލިކޮށް ޕްރޯ އެސްއޭ ގުރޫޕްގެ އެއްވަނަ ހޯދިއިރު، ވެސްޓްއެންްޑުން އެސްޖީސީ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

4/22/2026, 4:04:14 AM

# ދިވެހި ކުޅިވަރު # ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަންގައި ރޭ ކުޑަހުވަދޫ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޕްރޯ އެސްއޭ އިން ހޯދިއިރު، ވާދަވެރި ކުޅުމަކަށްފަހު ވެސްޓްއެންޑް އިން އެސްޖީސީ ބަލިކޮށްފިއެވެ.

THE TRAVELLER AD

މުބާރާތުގެ އަންހެން ޑިވިޝަންގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ގުރޫޕް ބީގެ ޕްރޯ އެސްއޭ އާއި ކުޑަހުވަދޫ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕްރޯ އެސްއޭ އިންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް 7-8 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުޑަހުވަދޫ އިންނެވެ. ނަމަވެސް ޖެހިގެންއައި ސެޓްގައި ޕްރޯ އެސްސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، 13-03 ގެ ތަފާތުބޮޑު ނަތީޖާއަކުން މިސެޓް ކާމިޔާބުކޮށް އެޓީމުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް 4-0 ގެ ނަތީޖާއަކުން ޕްރޯ އެސްއޭ ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ފާތުމަތު ލީމް ބިންތު ޔާސިރު އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ޕްރޯ އެސްއޭ ކުއާޓާ ފައިނަލް ޔަގީންކުރިއިރު، މިމެޗުން ބަލިވި ކުޑަހުވަދޫ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ދެ ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނަ ހޯދިއިރު، ތިން ގުރޫޕުން ތިންވަނަ ހޯދި އެންމެ ނަތީޖާ ރަނގަޅު ދެޓީމުގެ ތެރޭގައި ހިމެނި އެޓީމަށް ވެސް ވަނީ ކުއާޓާ ފައިނަލުން ފުރުސަތު ލިބިފައެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ގުރޫޕް ބީގެ ވެސްޓްއެންޑާއި ސުޕަރ ޖެނަރޭޝަން ކުލަބު ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ވެސްޓްއެންޑް އިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް 10-13 ގެ ނަތީޖާއަކުން ވެސްޓްއެންޑް ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 9-2 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސްޓްއެންޑްގެ އައިޝަތު ރާނާ ނަސީރު އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ވެސްޓްއެންޑް ކުއާޓާ ފައިނަލް ޔަގީންކުރިއިރު، މިމެޗުން ބަލިވި އެސްޖީސީ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ދެ ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނަ ހޯދިއިރު، ތިން ގުރޫޕުން ތިންވަނަ ހޯދި އެންމެ ނަތީޖާ ރަނގަޅު ދެޓީމުގެ ތެރޭގައި ހިމެނި އެޓީމަށް ވެސް ވަނީ ކުއާޓާ ފައިނަލުން ފުރުސަތު ލިބިފައެވެ.

20 އެޕްރީލް 2026 އިން 24 އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި 11 ޓީމު ވާދަކުރިއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ 11 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.

ކޮމެންޓް
ފަހުގެ
HDC