logoEN
WAMCO TOP 1
އެސްޖީސީ އިން ސެމީފައިނަލް ޔަގީންކުރިއިރު،، އޮނި އެސްސީ އާއި މައިދާން އެސްސީ ޕްލޭއޮފްއަށް

އެސްޖީސީ އިން ސެމީފައިނަލް ޔަގީންކުރިއިރު،، އޮނި އެސްސީ އާއި މައިދާން އެސްސީ ޕްލޭއޮފްއަށް

ހަސަން ޝަމްއޫން

logo

4/22/2026, 3:08:35 AM

# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރު # ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް : ފޮޓޯ: ގާފު ސްޕޯޓްސް

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖު 2026 " ގެ ފިރިހެން ޑިވިޝަން ރޭ ކުޅުނު މެޗުތަކަށްފަހު އެސްޖީސީ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު، މައިދާން އެސްސީ އާއި އޮނި ސްޕޯޓްސް ކުލަބުން ޕްލޭއޮފްގެ ފުރުސަތު ހޯދައިފިއެވެ.

THE TRAVELLER AD

މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ގުރޫޕް އޭގެ ސުޕަރ ޖެނަރޭޝަން ކުލަބު (އެސްޖީސ) އާއި މައިދާން އެސްސީ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްޖީސީ އިންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް 19-20 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްޖީސީ އިންނެވެ. ނަަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 16-17 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މައިދާން އެސްސީ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް 3-0 ގެ ނަތީޖާއަކުން އެސްޖީސީ އިން ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ މުހައްމަދު އައިކް ނަސީމް އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް އޭގެ ޓީމުގެ ގޮތުގައި އެސްޖީސީ އިން ސެމީފައިނަލް ޔަގީންކުރިއިރު، މިމެޗުން ބަލިވި މައިދާން އެސްސީ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ދެ ޕޮއިންޓާއެކު ގުރޫޕް އޭގެ ތިންވަނަ ޓީމުގެ ގޮތުގައި އެޓީމަށް ވަނީ މުބާރާތުގެ ޕްލޭއޮފްގެ ޖާގައެއް ލިބިފައެވެ. ޕްލޭއޮފްގައި މައިދާން އެސްސީ ވާދަކުރަން ޖެހިފައިވަނީ ގުރޫޕް ބީގެ ދެވަނަ ހޯދި ޕްރޯ ސްޕޯޓްސް އެކަޑެމީ އާއި ދެކޮޅަށެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ގުރޫޕް ބީގެ އައިއެޗްއެސްސީ އާއި އޮނި ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ އޮނި ސްޕޯޓްސް ކުލަބުން ނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް 08-18 ގެ ތަފާތު ބޮޑު ނަތީޖާއަކުން އޮނި ކާމިޔާބުކުރިއިރު. ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 15-17 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮނި ސްޕޯޓްސް ކުލަބުގެ އިސްމާއިލް ޖަޒްލާން އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ދެ ޕޮއިންޓާއެކު ގުރޫޕް ބީގެ ތިންވަނަ ޓީމުގެ ގޮތުގައި އޮނި ޕްލޭއޮފްގެ ޖާގައެއް ކަށަވަރުކުރިއިރު، މިމެޗުން ބަލިވި އައިއެޗްއެސްސީ އިން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ. އަދި ޕްލޭއޮފްގައި އޮނި ސްޕޯޓްސް ކުލަބު ވާދަކުރަން ޖެހޭނީ ގުރޫޕް އޭގެ ދެވަނަ ބޮންތި ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

16 އެޕްރީލް 2026 އިން އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި އަށް ޓީމު ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގިސްފައި ވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެއް ސެމީއަށް ހޮވޭއިރު، ކޮންމެ ގުރޫޕެއްގެ ދެވަނަ އަދި ތިންވަނަ ހޯދާ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުން މޮޅުވާ ދެޓީމަށް ވެސް ސެމީގެ ފުރުސަތު ލިބިގެންދާނެއެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.

ކޮމެންޓް
ފަހުގެ
HDC