logoEN
WAMCO TOP 1
ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

# ފުލުހުން# ހުޅުމާލެ ފޭސް 2

ފޯނެއް ވަގަށް ނެގި މައްސަލާގައި ހޯދަމުންދާ މީހެއް- ފޮޓޯ:ފުލުހުން

ފޯނެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

THE TRAVELLER AD

ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހާއަކީ ހުޅުމާލެ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ފޯނެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށެވެ. ނަމަވެސް އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

Watch on YouTube

ފުލުހުން ވަނީ ޥީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފަ އެވެ. މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފަ އެވެ.

ކޮމެންޓް
ފަހުގެ
HDC