logoEN
WAMCO TOP 1
އައްޑޫސިޓީ ބައި އިލެކްޝަން: ޕީއެންސީ ޕްރައިމަރީގައި ދެ މީހަކު ވާދަކުރަނީ

އައްޑޫސިޓީ ބައި އިލެކްޝަން: ޕީއެންސީ ޕްރައިމަރީގައި ދެ މީހަކު ވާދަކުރަނީ

# ޕީއެންސީ

ގޮނޑި ގެއްލުމުން މުޙައްމަދު ސިނާން ވަނީ އަލުން ޕީއެންސީ ޓިކެޓުގައި އެ ގޮނޑިއަށް ވާދަކުރުމަށް ނިންމާފައި ---

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، ޕީއެންސީގެ ފަރާތުން އެދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ދެ މީހަކު ކުރިމަތި ލައިފި އެވެ.

THE TRAVELLER AD

ޕީއެންސީން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވެފައިވަނީ ދެ ބޭފުޅެކެވެ. އެއީ:

  1. މުޙައްމަދު ސިނާން، ހުޅުދޫއާގެ، ސ. ހިތަދޫ
  2. އަޙްމަދު ސަޢީދު، ޚަލީލް، ސ. ހިތަދޫ

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، މެންބަރަކަށް ހުންނެވި ސިނާން، އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. ސިނާން ވަނީ އަލުން ޕީއެންސީ ޓިކެޓުގައި އެ ގޮނޑިއަށް ވާދަކުރުމަށް ނިންމާފައެވެ.

ޕީއެންސީން ބުނީ މި ދާއިރާގެ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށެވެ. މި ޕްރައިމަރީގައި ވޯޓުލެވޭނީ ހިތަދޫ އުތުރު ދާއިރާގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެންބަރުންނަށް އެކަނި ކަމަށް ވެސް އެ ޕާޓީން މަޢުލޫމާތު ދެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބޭއްވުމަށެވެ.

ކޮމެންޓް
ފަހުގެ
HDC