
-
ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ވެރިކަން ކުރާ ޕީއެންސީއަށް ލިބިފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވީ މިމަހުގެ 4 ވަނަ ދުވަހު އެވެ. އަދި މި އިންތިހާބުގެ ދެވަނަ ބުރު އިއްޔެ ވަނީ ނިންމާލާފައި އެވެ.
އިންތިހާބުގެ ދެވަނަބުރަށްފަހު މިއަދު އީސީން ހާމަކުރި އިންތިހާބުވީގޮތުގެ އަދާހަމައިން ދައްކާ ގޮތުގައި ސިޓީ ކައުންސިލް ތަކުގެ މަގާމުތައް ފިޔަވައި ރަށުކައުންސިލާއި އތމ ކޮމެޓީގެ ހުރިހާ މަގާމުތަކަކުންވެސް އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ވެރިކަން ކުރާ ކޮންގްރެސް ޕާޓީ، ޕީއެންސީންނެވެ.
އެގޮތުން ޕީއެންސީއަށް ރަށު ކައުންސިލް ރައީސްގެ 75 ގޮނޑި ލިބުނު އިރު ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ 101 ގޮނޑި އާއި ރަށު ކައުންސިލްގެ 99 ގޮނޑި ވަނީ ކަށަވަރުވެފައި އެވެ. އަދި އތމ ކޮމެޓީގެ ރައީސްގެ 84 ގޮނޑި އާއި އތމ ގެ މެމްބަރުކަމުގެ 216 ގޮނޑި ޕީއެންސީއަށް ވަނީ ލިބިގެން ގޮސްފައި އެވެ. މީގެ އިތުރުން ޕީއެންސީން ވަނީ ސިޓީ ކައުންސިލް މެމްބަރުކަމުގެ 5 ގޮނޑި އާއި ސިޓީތަކުގައި އތމ ކޮމެޓީގެ 4 ގޮނޑިވެސް ޕީއެންސީން ކާމިޔާބުކޮށްފައިވެއެވެ.
ދެވަނައަށް މި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެގޮތުން އެމްޑީޕީން ވަނީ ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މެޖޯރިޓީ ހޯދާފައިއެވެ. އަދި ހުރިހާ ސިޓީތަކެއްގެ މޭޔަރޝިޕާއި އތމ ކޮމެޓީގެ ރައީސްކަންވެސް ކާމިޔާބުކުރީ އެޕާޓީގެ ކެނޑިޑޭޓުންނަށެވެ. އެމްޑީޕީއަށް ރަށު ކައުންސިލް ރައީސްގެ 73 ގޮނޑި ލިބުނު އިރު ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ 88 ގޮނޑި އާއި ރަށު ކައުންސިލްގެ 82 ގޮނޑި ވަނީ ކަށަވަރުވެފައި އެވެ. އަދި އތމ ކޮމެޓީގެ ރައީސްގެ 60 ގޮނޑި އާއި އތމ ގެ މެމްބަރުކަމުގެ 167 ގޮނޑި ޕީއެންސީއަށް ވަނީ ލިބިގެން ގޮސްފައި އެވެ. މީގެ އިތުރުން ޕީއެންސީން ވަނީ ސިޓީ ކައުންސިލް މެމްބަރުކަމުގެ 41 ގޮނޑި އާއި ސިޓީތަކުގައި އތމ ކޮމެޓީގެ 42 ގޮނޑިވެސް ޕީއެންސީން ކާމިޔާބުކޮށްފައިވެއެވެ.
އެހެނިހެން ބައެއް ތަފްސީލް:
އަމިއްލަ ގޮތުން
- މޭޔަރު - އެއްވެސް ގޮނޑިއެއް ނުލިބޭ
- ސިޓީ ކައުންސިލް މެމްބަރުން - 1 ގޮނޑި
- ރަށު ކައުންސިލް ރައީސް - 24 ގޮނޑި
- ރަށު ކައުންސިލް އަންހެނުންނަށް ޚާއްސަ ގޮނޑި- 30 ގޮނޑި
- ރަށު ކައުންސިލް މެމްބަރު- 36 ގޮނޑި
- ސިޓީ އތމކ ގެ ރައީސް- އެއްވެސް ގޮނޑިއެއް ނުލިބޭ
- ސިޓީ އތމކ ގެ މެމްބަރު- 1 ގޮނޑި
- ރަށު އތމކ ގެ ރައީސް- 26 ގޮނޑި
- ރަށު އތމކ މެމްބަރު- 51 ގޮނޑި
އެމްޑީއޭ
- މޭޔަރު - އެއްވެސް ގޮނޑިއެއް ނުލިބޭ
- ސިޓީ ކައުންސިލް މެމްބަރުން - އެއްވެސް ގޮނޑިއެއް ނުލިބޭ
- ރަށު ކައުންސިލް ރައީސް - 4 ގޮނޑި
- ރަށު ކައުންސިލް އަންހެނުންނަށް ޚާއްސަ ގޮނޑި- 4 ގޮނޑި
- ރަށު ކައުންސިލް މެމްބަރު- 4 ގޮނޑި
- ސިޓީ އތމކ ގެ ރައީސް- އެއްވެސް ގޮނޑިއެއް ނުލިބޭ
- ސިޓީ އތމކ ގެ މެމްބަރު- އެއްވެސް ގޮނޑިއެއް ނުލިބޭ
- ރަށު އތމކ ގެ ރައީސް- 4 ގޮނޑި
- ރަށު އތމކ މެމްބަރު- 7 ގޮނޑި
އަދާލަތު ޕާޓީ
- މޭޔަރު - އެއްވެސް ގޮނޑިއެއް ނުލިބޭ
- ސިޓީ ކައުންސިލް މެމްބަރުން - އެއްވެސް ގޮނޑިއެއް ނުލިބޭ
- ރަށު ކައުންސިލް ރައީސް - އެއްވެސް ގޮނޑިއެއް ނުލިބޭ
- ރަށު ކައުންސިލް އަންހެނުންނަށް ޚާއްސަ ގޮނޑި- އެއްވެސް ގޮނޑިއެއް ނުލިބޭ
- ރަށު ކައުންސިލް މެމްބަރު- 2 ގޮނޑި
- ސިޓީ އތމކ ގެ ރައީސް- އެއްވެސް ގޮނޑިއެއް ނުލިބޭ
- ސިޓީ އތމކ ގެ މެމްބަރު- އެއްވެސް ގޮނޑިއެއް ނުލިބޭ
- ރަށު އތމކ ގެ ރައީސް- 2 ގޮނޑި
- ރަށު އތމކ މެމްބަރު- 2 ގޮނޑި
ޖުމްހޫރީ ޕާޓީ
- މޭޔަރު - އެއްވެސް ގޮނޑިއެއް ނުލިބޭ
- ސިޓީ ކައުންސިލް މެމްބަރުން - އެއްވެސް ގޮނޑިއެއް ނުލިބޭ
- ރަށު ކައުންސިލް ރައީސް - 1 ގޮނޑި
- ރަށު ކައުންސިލް އަންހެނުންނަށް ޚާއްސަ ގޮނޑި- އެއްވެސް ގޮނޑިއެއް ނުލިބޭ
- ރަށު ކައުންސިލް މެމްބަރު- 1 ގޮނޑި
- ސިޓީ އތމކ ގެ ރައީސް- އެއްވެސް ގޮނޑިއެއް ނުލިބޭ
- ސިޓީ އތމކ ގެ މެމްބަރު- އެއްވެސް ގޮނޑިއެއް ނުލިބޭ
- ރަށު އތމކ ގެ ރައީސް- އެއްވެސް ގޮނޑިއެއް ނުލިބޭ
- ރަށު އތމކ މެމްބަރު- 2 ގޮނޑި
ޑިމޮކްރެޓްސް
- މޭޔަރު - އެއްވެސް ގޮނޑިއެއް ނުލިބޭ
- ސިޓީ ކައުންސިލް މެމްބަރުން - އެއްވެސް ގޮނޑިއެއް ނުލިބޭ
- ރަށު ކައުންސިލް ރައީސް - 1 ގޮނޑި
- ރަށު ކައުންސިލް އަންހެނުންނަށް ޚާއްސަ ގޮނޑި- 1 ގޮނޑި
- ރަށު ކައުންސިލް މެމްބަރު- އެއްވެސް ގޮނޑިއެއް ނުލިބޭ
- ސިޓީ އތމކ ގެ ރައީސް- އެއްވެސް ގޮނޑިއެއް ނުލިބޭ
- ސިޓީ އތމކ ގެ މެމްބަރު- އެއްވެސް ގޮނޑިއެއް ނުލިބޭ
- ރަށު އތމކ ގެ ރައީސް- އެއްވެސް ގޮނޑިއެއް ނުލިބޭ
- ރަށު އތމކ މެމްބަރު- އެއްވެސް ގޮނޑިއެއް ނުލިބޭ
ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މޭ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ މީގެ ކުރީން ހާމަކޮށްފައެވެ.
ގުޅުންހުރި

އީސީގެ ތަފާސްހިސާބުތައް:584 ގޮނޑިއާއިއެކު އިންތިހާބު ކާމިޔާބުކުރީ ޕީއެންސީއިން!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ ޓިކެޓަށް ވާދަކުރުމަށް ހުޅުވާލައިފި

ޕީއެންސީގެ ކެމްޕެއިން ނިންމާލާ ހިނގާލުމަށް ރައީސް މުއިއްޒުއާއި އެކު ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް!




