
ޖުޑީޝަރީ ރީފޯމްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ޖުޑީޝަލް ކައުންސިލް އަލުން އިޔާދަކުރަނީ
# ރައީސް މުއިއްޒު-
ޖުޑީޝަރީ ރީފޯމްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ޖުޑީޝަލް ކައުންސިލް އަލުން އިޔާދަކުރަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް މިކަން ހާމަކުރެއްވީ މިހާރު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
އެގޮތުން ސަރުކާރުން ކުރިޔަށް ގެންދާ ރީފޯމް އެޖެންޑާއާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިތުރުވަމުން އަންނަ މައްސަލަ އާއި ވަކި އިންސައްތައެއް އަންހެނުންނާއި ޒުވާނުން ކަނޑައެޅުމަށްޓަކައި ގާނޫނަށް ބަދަލުތައް ގެނެސް އިސްލާހުތައް ހުށަހެޅުމުގެ މަސައްކަތްތައް ސަރުކާރުން މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި ދާދި ފަހުން ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް ރީފޯމް އެޖެންޑާގެ މަސައްކަތް ހުއްޓުމަކަށް ނާންނެކަން ރައީސް ފާހަގަކުރެއްވި އެވެ.
ރީފޯމް އެޖެންޑާގެ ތެރެއިން ޖުޑީޝަރީއަށް ގެންނަން ނިންމަވާފައިވާ ރީފޯމްތަކުގެ ބައެއް ތަފްސީލް ރައީސް މިއަދު ވަނީ ހާމަކުރައްވާފައި އެވެ. އެގޮތުން ކުރީ ސަރުކާރުން ޖުޑީޝަރީޢަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ދަށަށް ގެނެސްފައިވާ ކަމަށާއި ނަމަވެސް އެކަން ބަދަލުކޮށް މީގެ ކުރީންވެސް ރާއްޖޭގެ ޖުޑީޝަރީ މިނިވަންކޮށް ހިންގުމަށްޓަކައި އެކުލަވާފައި އޮތުމަށްފަހު 2011 ވަނަ އަހަރު އުވާލި ޖުޑީޝަލް ކައުންސިލް އަލުން އިޔާދަކުރުމަށް ނިންމަވާފައިވާކަން ރައީސް މިއަދު ވަނީ ހާމަކުރައްވާފައި އެވެ.
އެގޮތުން އެމަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި ޖުޑީޝަރީއަށް ގެންނަ ބަދަލުތަކާއިއެކު އެދާއިރާގެ ފަންނީ އަދި ޓެކްނިކަލް ކަންކަން ނިންމުމުގެ ބާރު އޮންނާނީ އެކައުންސިލަށް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެކައުންސިލް އުފެދިގެން ދިޔުމާއިއެކު ޑީޖޭއޭއިންވެސް ރިޕޯޓުކުރާނީ އެކައުންސިލަށް ކަމަށެވެ.
ގުޅުންހުރި

ސިޓީތަކުގެ ނަތީޖާ ބަލައިގަންނަން. ގަބޫލުކުރަނީ އެއީ ކަންކަން ރަނގަޅު ކުރަން ރައްޔިތުން ދިން ފުރުސަތެއްގެ ގޮތުގައި - ރައީސް
.jpg&w=3840&q=75)
ހަނގުރާމައާއިއެކު އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދެވުމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

ޖުޑީޝަރީ ރީފޯމްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ޖުޑީޝަލް ކައުންސިލް އަލުން އިޔާދަކުރަނީ




