
ވޯޓުން ރައްޔިތުން ދެއްވީ ބޮޑު މެސެޖެއް، ގާނޫނު އަސާސީ ބަދަލުކޮށްގެން ގެންނަން ޖެހޭ އިސްލާހެއް ހުށަހެޅުމުގެ ވިސްނުމެއް ނެތް!
# ރައީސް މުއިއްޒު-
ގާނޫނު އަސާސީ ބަދަލުކޮށްގެން އިސްލާހު ގެނައުމުގެ ވިސްނުންފުޅު މިހާރު ނުގެންގުޅުއްވާކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި. އެވެ.
އެގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ގާނޫނު އަސާސީގެ ބައެއް މާއްދާތަކަށް ގެންނަން ޖެހޭ ބަދަލުތައް ކުރިންވެސް ނިންމަވާފައިވާ ގޮތަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށެވެ. ނަމަވެސް މިމަހުގެ 4 ވަނަ ދުވަހު ނެގި ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން ދެއްވީ ބޮޑު މެސެޖެއް ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ރައްޔިތުން އެހާ ގަޔާވާ ކަމެއް ނޫންކަމުގައި ރައީސް ވިދާޅުވިއެވެ.
މިއާއިއެކު ކުރިޔަށް އޮތް ތަނުގައި ސީދާ ގާނޫނު އަސާސީ ބަދަލުކޮށްގެން އިސްލާހީ ގެނައުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.
ނަމަވެސް ރައީސް ވިދާޅުވީ ޤާނޫނުއަސާސީއަށް އިސްލާހު ނުގެންނެވި ނަމަވެސް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށެވެ.
އަދި އެމަނިކުފާނު ކަންކަން ނިންމަވަނީ ރައްޔިތުންގެ ވިންދާއެއްގޮތަށް ކަމަށާއި މިއަދާ ހަމައަށް ޤާނޫނުއަސާސީއަށް ގެންނެވި އިސްލާހުތަކަކީވެސް ރައްޔިތުން ބޭނުންވާ މުހިންމު އިސްލާހުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދާހަމައަށްވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ އަޑުއަހައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގައި އިސްކަން ދެއްވާނެ ކަމަށެވެ.
ގުޅުންހުރި

ސިޓީތަކުގެ ނަތީޖާ ބަލައިގަންނަން. ގަބޫލުކުރަނީ އެއީ ކަންކަން ރަނގަޅު ކުރަން ރައްޔިތުން ދިން ފުރުސަތެއްގެ ގޮތުގައި - ރައީސް
.jpg&w=3840&q=75)
ހަނގުރާމައާއިއެކު އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދެވުމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

ޖުޑީޝަރީ ރީފޯމްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ޖުޑީޝަލް ކައުންސިލް އަލުން އިޔާދަކުރަނީ




