
ސިޓީތަކުގެ ނަތީޖާ ބަލައިގަންނަން. ގަބޫލުކުރަނީ އެއީ ކަންކަން ރަނގަޅު ކުރަން ރައްޔިތުން ދިން ފުރުސަތެއްގެ ގޮތުގައި - ރައީސް
# ރައީސް މުއިއްޒު-
މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ސިޓީތަކުން ސަރުކާރަށް ލިބުނު ނަތީޖާ ބަލައިގަންނަ ކަމަށާއި އެއީ ރައްޔިތުން ސަރުކާުރުގެ ކަންކަން ރަނގަޅުކުރުމަށް ދިން ފުރުސަތެއްގެ ގޮތުގައި ބަލައިގަންނަ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އިންތިހާބު ނިމުނު ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި މިއަދު ބައްދަލުކުރައްވައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބުނީ ކާމިޔާބީ އާއި ނާކާމިޔާބީ އެކުއެކީގައި ދެބައި އެއްކޮށް ކަމަށެވެ. އެގޮތުން ސިޓީތަކުން ލިބުނު ނަތީޖާއާއިމެދުވެސް ޝުކުރުވެރިވާ ކަމަށާއި ގަބޫލުފުޅު ކުރައްވަނީ ރައްޔިތުންގެ ނިންމެވި ނިންމެވުމަކީ ސަރުކާރުން ކަންކަން ރަނގަޅުކުރުމަށް ދިން އިތުރު ފުރުސަތެއް ކަމުގައި ކަމަށެވެ.
އަދި އިންތިހާބުގައި ޕީއެންސީއަށްވެސް ވޯޓު ދެއްވި ހުރިހާ ފަރާތަކަށް ޝުކުރު ދަންނަވައި ރައީސް ވިދާޅުވީ އިންތިހާބުގައި މީގެ ކުރީން ޕީއެންސީއަށް އެއްވެސް ވަރަކަށް ކާމިޔާބު ނުވާ އެތައް ރަށެއް މުޅިންހެއް ކަހަލަ ގޮތަކަށް ޕީއެންސީއަށް ހޯދިފައިވާ ކަމަށެވެ.
ސިޓީތަކުން ލިބުނު ކާމިޔާބީ ބަލައިގަންނަނީ ވަރަށް ފޮސިޓިވްކޮށް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިޓީތަކަށް ބޭނުންވާ ކަން ކަން ފުރިހަމަ ކޮށްދެއްވުމަށް އިތުރު ހިތްވަރާއިއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. ވަކީން ޚާއްސަކޮށް މާލެ ސިޓީއަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި މަގުތަކުގެ މައްސަލައަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ.
ގުޅުންހުރި

ދިވެހިންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލެވިފައިވާ ލަޝްކަރަކީ ސިފައިން - ރައީސް

ފުވައްމުލަކުގައި ގާއިމްކުރާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތް ބާރަށް ކުރިއަށް

ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ފިޔަވައި، ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުމެއް ނެތް: ރައީސް




