logoEN
WAMCO TOP 1
ފްރެންޗައިޒްތަކަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނީ ކަނޑައެޅިފައިވާ ވަކި ޝަރުތުތަކެއްގެ މަތިން - މިނިސްޓަރ ސައީދު

ފްރެންޗައިޒްތަކަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނީ ކަނޑައެޅިފައިވާ ވަކި ޝަރުތުތަކެއްގެ މަތިން - މިނިސްޓަރ ސައީދު

# މުހައްމަދު ސައީދު

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު - ފޮޓޯ: މިނިސްޓަރ ސައީދު

ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނީ ވަކި ޝަރުތުތަކެއްގެ މަތިން ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ހެދިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ރެސްޓޯރެންޓް ވިޔަފާރި ކުރުމަށް ހުޅުވާލައިފައިވޭތޯ މިނިސްޓަރ ސައީދު އާ ސުވާލުކޮށްފައެވެ.

މިނިސްޓަރ ދެއްވި ޖަވާބުގައި ވިދާޅުވީ، ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު ހެދިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާކުރީ، ދިވެހިރާއްޖޭގެ ސިނާއަތްތަކުގެ ތަޖުރިބާކާރުންނާއި، ސަރުކާރުގެ އިދާރާތަކާއި، ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރިން ޝާމިލްކޮށްގެން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި އެއްބަސްވުމުގައި ސޮއިކުރީ 2017ވަނަ އަހަރު ކަމަށާއި، މި އެއްބަސްވުން ސޮއިކުރުމަށްފަހު މިނިސްޓްރީން އެކުލަވާލި ފޮރިން އިންވެސްޓްމެންޓް ޕޮލިސީތަކާއި މި އެއްބަސްވުމާ ތަފާތުތަކެއް ހުރެދާނެ ކަމަށެވެ.

"ރެސްޓޯރެންޓް ވިޔަފާރިއަކީ ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްފައިވާ ވިޔަފާރިއެއްކަމަސް ކަނޑައެޅިފައިވީ ނަމަވެސް ބައިނަލްއަގުވާމީ ފްރެންޗައިޒްތަކަށް ފޮރިން އިންވެސްޓްމެންޓް ޕޮލިސީގައި ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ތެރެއިން ހަރާކާތްތެރިވުމުގެ ފުރުސަތު ލިބިގެންވޭ. ހަމައެފަދައިން ބައެއް ރިސޯޓްތަކާއި އެއާޕޯޓް ހިންގާ ސަރަހައްދުތަކުގައި ފްރެންޗައިޒްތައް ހަރަކާތްތެރިވުމަށް ފުރުސަތުލިބޭ" - މިނިސްޓަރ ސައީދު

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާގެ ވިޔަފާރިވެރިންނަށްވެސް ރާއްޖޭގައި ހަރަކާތްތެރިވެވޭނީ ކަނޑައެޅިފައިވާ ވަކި ޝަރުތުތަކެއްގެ މަތިން ކަމަށެވެ.

ދިވެހިރާއްޖެއާއި ޗައިނާ ދެމެދު ސޮއިކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރު ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

ކޮމެންޓް
ފަހުގެ
HDC