
-
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓް ރޭންޖް ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.

ޔޫރަޕްގެ މަޝްހޫރު މި ޕްރޮޑަކްޓްތައް ތަޢާރަފް ކުރެވިގެން ދިޔައީ، 19 އޭޕްރީލް 2026 ވީ އާދިއްތަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވުނު ހާއްސަ ހަފްލާއަކުންނެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ހީޓް ޖިމްގެ ސީއީއޯ އަދި ފިޓްނަސް އިންސްޓްރަކްޓަރ އައިޝަތު ޝިފާނާ ވަޖީހެވެ.
ޝިފާނާ ވަނީ ޕްރޮޑަކްޓްތަކާއި ގުޅޭ ސިއްޙީ ފައިދާތަކުގެ މައުލޫމާތުވެސް ދެއްވާފައެވެ.
'ހެލްތީ، ނެޗުރަލް، ޕްރިމިއަމް ބްރޭކްފާސްޓް ބްރޭންޑް' އެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ގްރެނޯލާ، މޫސްލީ އަދި އޯޓްމީލް، ޕޮރިޖް އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ތަފާތު ބާވަތްތައް ހިމެނެއެވެ.
މި ޕްރޮޑަކްޓްތަކަކީ ހެނދުނުގެ ނާސްތާ ގަޑިއަށް ހާއްސަ އަދި ދުވަހުގެ އެހެން ގަޑިތަކުގައިވެސް ކާލެވޭ، މީރު އުފެއްދުންތަކެކެވެ. މިއީ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދެއްމާ ފަރާތްތަކަށް، ކޮންމެ ދުވަހެއްގެ ކެއުންތަކަށްވެސް އިތުރު ކޮށްލެވޭނެ، ހަށިގަނޑަށް ފައިދާ ހުރި އުފެއްދުމެކެވެ.
މި ބްރޭންޑްގެ ޕްރޮޑަކްޓްތައް ބާޒާރަށް ތަޢާރަފް ކުރެވިގެން ދިއުމާއިއެކު، ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ. 2 ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ކެމްޕެއިންގައި، 'ވަން ޑޭ މޯ' ގެ ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓް ތަކެއް ލިބިގެންދާނެއެވެ.
'ވަން ޑޭ މޯ' ގެ ހުރިހާ ޕްރޮޑަކްޓްތަކެއް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލެ ފޭސް 1 އައުޓްލެޓުން ލިބެން ހުންނާނެއެވެ.
ގުޅުންހުރި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ރާއްޖެއަށް 'ވަން ޑޭ މޯ' ގެ ޕްރޮޑަކްޓްތައް ތަޢާރަފް ކޮށްފި

ލަންކާގައި މިހާރު ތާށިވެފައިވަނީ 1741 ކޮންޓެއިނާ- ސައީދު




