logoEN
WAMCO TOP 1
ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލި މުއްލާގެ ބަންދަށް 7 ދުވަސް!

ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލި މުއްލާގެ ބަންދަށް 7 ދުވަސް!

އަހުމަދު ޝުރާއު

logo

4/19/2026, 8:47:53 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މާލޭގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ ބޮޑެތި ޒަހަމްތަކެއް ދިން މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 7 ދުވަސް ޖަހައިފި އެވެ.

THE TRAVELLER AD

ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު 2026 އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުން، އެމީހާ އަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓާ ކަމަށެވެ.

އެގޮތުން އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށް ކަމަށާއި މި ހަމަލާގައި އެ މީހާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަން ފުލުހުން ހާމަކޮށްފައި ވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 2026 އެޕްރީލް 18 ވަނަ ދުވަހުގެ ރޭ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު މާލެ، ކަރަންކާ މަގުގައި ހުރި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC