
ޑްރަގްގެ ބޮޑު 2 މައްސަލައެއްގައި 2 މީހަކު ހޯދަނީ
# ދިވެހި ފުލުހުންގެ ޙިދުމަތް# މަސްތުވާތަކެތީގެ މައްސަލަމަސްތުވާތަކެތީގެ މައްސަލައެއްގައި ހޯދަން އިއުލާންކޮށްފައިވާ މީހެއް- ފޮޓޯ:ފުލުހުން
މަސްތުވާތަކެތީގެ ބޮޑު 2 މައްސަލައެއްގައި ހިމެނޭ ދެމީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ މި ދެ މައްސަލާގައި ހޯދަން އިއުލާންކޮށްފައިވަނީ އަސްރަފީގެ، ގދ.ވާދޫ، މުޙައްމަދު ޝަރީފް (49އ) އަދި ރަސްގެތީމް / ފީރޯޒްގެ، އަޙްމަދު ޝިނާން (35އ) ކަމަށެވެ.
އޭގެތެރެއިން މުހައްމަދު ޝަރީފް ހޯދަން އިއުލާންކޮށްފައިވަނީ ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރައްވާ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައިގެ ހުކުމްކުރުމަށް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2026 އޭޕްރީލް 19 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މުޙައްމަދު ޝަރީފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.
މީގެއިތުރުން ފުލުހުން ދެން ހޯދަން އިއުލާންކޮށްފައިވާ އަހްމަދު ޝިނާން ހޯދަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އެވެ. އަދި ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯދަން އިއުލާންކޮށްފައިވާ މީހެއް- ފޮޓޯ:ފުލުހުން
ފުލުހުން ބުނީ ޝިނާން ސާރޖަންޓް އާދަމް ޚަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް އަށް މި މަހުގެ 23 ވަނަ ދުވަހުގެ މެނދުރު ފަހު 14:00 އަށް ހާޒިރުކުރުމަށް އަންގާފައިވަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ.
ގުޅުންހުރި

ދެކުނު އަރިއަތޮޅުގެ ހިމާޔަތްކުރެވިފައިވާ ސަރަޙައްދު ބެލެހެއްޓުމުގައި އީޕީއޭގެ ރޭންޖަރުންނާއެކު ފުލުހުން ބައިވެރިވާން ފަށައިފި

މަރުހޫމް ޢާސިފްގެ އާއިލާއާ ސީޕީ ބައްދަލުކުރައްވައިފި

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ ޖަނާޒާ ބޭއްވީ ރަސްމީ އިއްޒަތުގައި!




