
ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
# ކަސްޓަމްސް-
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މި ތަކެތި އަތުލައިގަތީ މި މަހުގެ 14 ވަނަ ދުވަހާއި 17 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި އޮޕަރޭޝަންތަކެއްގަ އެވެ.
މި ދެ އޮޕަރޭޝަނުގެ ތެރެއިން މި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 31 ގްރާމުގެ ހެރޮއިން އަދި 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 1،820 ގްރާމް ހެރޮއިން އަތުލައިގެންފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
މި ތަކެތީގެ މަގުމަތީއަގު 1.9 މިލިއަން ދިވެހި ރުފިޔާ އަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
ގުޅުންހުރި

ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން އެތެރެކުރަން އުޅުނު 3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ދެކުނު ސަރަޙައްދުގެ ކަސްޓަމްސް އޮފިސަރުންނަށް ޚާއްޞަ ތަމްރީނެއް ބާއްވައިފި




