
-
މިއަދު މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގީ މާފަންނު މައިމަގުގޭގައި ހުރި ކުނިތަކެއްގައި ކަމަށް ސިފައިން ބުނެފި އެވެ.

ސިފައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާފަންނު މައިމަގުގޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާ ކަމަށެވެ.
އެގޮތުން މި ހާދިސާގެ ރިޕޯޓް މިއަދު 16:20 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
މިގޮތުން، ރޯވި އަލިފާން 16:50 ހާއިރު ވަނީ ނިއްވާލެވިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.






