
-
ކަނޑުމަތީގައި ހާލުދެރަވި ބަލިމީހަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ޕެނަމާއިން ސީޝެލްސްއަށް ދަތުރުކުރަމުން ދިޔަ އެމްއެސްސީ މެގްނިފިކާ ނަމަކަށް ކިޔާ ފަސިންޖަރ ލައިނަކުން ދަތުރުކުރި ފަސިންޖަރަކު ބަލިހާލު ބޮޑުވެ އެހީތެރިކަމަކަށް އެދުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން އެކަމަށް އެދިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ އުމުރުން 78 އަހަރުގެ ފްރާންސްގެ ރައްޔިތަކަށް ކަމަށެވެ.






