
މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރަނީ މަސްވެރިން މަހަށް ނިކުމެވޭނެކަން ކަށަވަރުކުރުން: ޝިޔާމް
# އަހުމަދު ޝިޔާމް-
މަސްވެރިންނަށް ތެޔޮ ލިބުންދަތިވެ، މަސްވެރިކަމަށް ބުރޫ އަރާފައިވާކަމަށް ބުނެ، ރިޕޯޓްކޮށްފައިވާ ޚަބަރަކީ ތެދު ޚަބަރެއް ނޫންކަމަށާ، ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު މައްޗަށް އަރައިގެން ދިޔަނަމަވެސް، ސަރުކާރުން އަންނަނީ މަސްވެރިންނަށް ދަތިނުވާނެހެން ތެޔޮ ލިބުމުގެ އިންތިޒާމްތައް މެނޭޖުކުރައްވަމުން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަސްވެރިންނަށް ތެޔޮލިބުންދަތިވެ، މަސްވެރިކަމަށް ބުރޫ އަރައިފައިވާކަމަށް ބުނެ، ރިޕޯޓްކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ.
ވަޒީރު ވިދާޅުވީ މަސްވެރިންނަށް ތެޔޮލިބުންދަތިވެ، މަސްވެރިކަމަށް ބުރޫ އަރާފައިވާކަމަށް ބުނެ، ރިޕޯޓްކޮށްފައިވާ ޚަބަރަކީ ތެދު ޚަބަރެއް ނޫންކަމަށެވެ.
ވަޒީރު ވިދާޅުވީ މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ ދިވެހިމަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުންކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު މިއިން ދުވަހަކު މައްޗަށް އަރައިގެން ނުދާވަރަށް މައްޗަށް އަރައިގެން ދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސާ ސަރުކާރުން މިއަދާ ހަމައަށްވެސް މިގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މަނޭޖުކުރަމުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަން މަސްވެރިންވެސް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“ވަޒީރު ވިދާޅުވީ މަސްވެެރި އިންޑަސްޓްރީގައި ހަރަކާތްތެެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އިންޑަސްޓްރީގެ މަޝްވަރާއާއެކު ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ގުޅުންހުރި

މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރަނީ މަސްވެރިން މަހަށް ނިކުމެވޭނެކަން ކަށަވަރުކުރުން: ޝިޔާމް

މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރަކަށް ޝިޔާމް

ރައްޔިތުން އެދޭ ބަދަލުތަކާއެކު ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ - ޝިޔާމް




