
-
ދ.ކުޑަހުވަދޫ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ދ.ކުޑަހުވަދޫ ވަލުތެރޭ ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު މިއަދު 12:53 ހާއިރު ލިބުމާ އެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން، ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 13:05 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.
ގުޅުންހުރި

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ކުޑަހުވަދޫ ރައްޔިތުންގެ އަމިއްލަ ގޯތީގައި އިމާރާތްކުރާ ހައުސިންގ ޔުނިޓުތަކުގެ ބިމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

ކުޑަހުވަދޫގައި އަލިފާނުގެ ހާދިސާއެއް!




