logoEN
WAMCO TOP 1
ވާދަވެރި ކުޅުމަކަށްފަހު ކުޑަހުވަދޫ އެސްސީ ބަލިކޮށް ކުލަބު ހުޅުން ފެށުން ރަނގަޅުކޮށްފި

ވާދަވެރި ކުޅުމަކަށްފަހު ކުޑަހުވަދޫ އެސްސީ ބަލިކޮށް ކުލަބު ހުޅުން ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

4/16/2026, 6:37:35 PM

# ދިވެހި ކުޅިވަރު # ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026

ކުޑަހުވަދޫ އެސްސީ އާއި ކުލަބު ހުޅު ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަން ގުރޫޕް އޭގައި މިރޭ ކުޑަހުވަދޫ އެެސްސީ އާއި ކުލަބު ހުޅު ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކުލަބު ހުޅުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

THE TRAVELLER AD

މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓް 16-15 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުލަބު ހުޅުންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް ދެ ޕޮއިންޓްގެ ލީޑަކާއެކު 9-11 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކުޑަހުވަދޫ އެސްސީ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޕެނަލްޓީ ޝޫޓްއައުޓް މެޗު ވާދަވެރި ކުޅުމަކަށްފަހު 4-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކުލަބު ހުޅުން ވަނީ ދެ ސެޓް އެއްސެޓުން މެޗު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކީ ކުލަބު ހުޅުގެ ފާތުމަތު އަރުޝާ އެވެ.

20 އެޕްރީލް 2026 އިން 24 އެޕްރީލް 2026 ގެ ނިޔަލަށް ދެ ޑިވިޝަނަކަށް ބަހާލައިގެން، ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި 11 ޓީމު ވާދަކުރަމުން އަންނައިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 11 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ޕްރިންޓް ޕާޓްނަރަކީ ރެޑް ކްރީޓިކް އެވެ. އަދި ކިޓް ޕާޓްނަރަކަށް ސްޕޯޓްސް އެމްޕޯރިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި ލައިވްސްޓްރީމް ޕާޓްނަރަކަށް އޮން ދަ ފްލައި ފްރޭމްސް ހަމަޖައްސާފައިވާއިރު މިއަހަރުގެ މުބާރާތު ޓްރޮފީ ވެސް ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އިންނެވެ.

ކޮމެންޓް
ފަހުގެ
HDC