.jpg&w=3840&q=75)
ފާސިރުގެ ހެޓްރިކާއެކު ބްލޫ ސްޕޯޓްސް ކުލަބު ބަލިކޮށް ނިއުރޭޑިއަންޓް އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
# އެފްއޭކަޕް# ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު # ބުލޫ ސްޕޯޓްސް ކުލަބު# ދިވެހި ކުޅިވަރުނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ބުލޫ ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން..
މިހާރު ކުރިއަށްދާ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު ބުލޫ ސްޕޯޓްސް ކުލަބާއި ވާދަކޮށް ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުން މޮޅުވެ އެފްއޭކަޕްގެ އެންމެ ކާމިޔާބު ޓީމު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ތިންވަނަ ޑިވިޝަންގެ ބުލޫ ސްޕޯޓްސް ކުލަބު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ކުލަބު އީގަލްސް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. އަދި 12 ފަހަރަށް އެފްއޭކަޕް ކާމިޔާބުކޮށްފައިވާ ނިއުރޭޑިއަންޑް ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި މިއަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކުރި އޮޑި ސްޕޯޓްސް ކުލަބު 4-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ނިއުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބުލޫ ސްޕޯޓްސް ކުލަބު އެކުލަބު ދިފާއު ރަނގަޅު ކުރި ނަމަވެސް މިހާފުގައި ވެސް ނިއު އިން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އަލް ހާޖީ ގޭރޯ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ހަސަން ރާއިފް އަހުމަދު އަދި އަބްދުﷲ ބިލިޓީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ފާސިރުގެ ހެޓްރިކާއެކު ބްލޫ ސްޕޯޓްސް ކުލަބު ބަލިކޮށް ނިއުރޭޑިއަންޓް އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި

102 ކުޅުންތެރިންނާއެކު 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތް މިރޭ ފަށައިފި

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026 ގެ ގުރުލުން ބާއްވައިފި




