logoEN
WAMCO TOP 1
އީރާނާއިއެކު ޑީލަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފަށާނަން - އެމެރިކާ

އީރާނާއިއެކު ޑީލަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފަށާނަން - އެމެރިކާ

އަހުމަދު ޝުރާއު

logo

4/16/2026, 1:59:03 PM

# އިރާން

މެދުއިރުމަތީގެ ސުލްހައަށް މިހާރު އިރާނާއިއެކު ކުރަމުންދާ މަޝްވަރާތަކުގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެމެރިކާއިން އިރާނަށް ހަމަލާތައް ދޭން އަލުން ފަށާނެ ކަމުގެ އިންޒާރު ދީފި އެވެ.

THE TRAVELLER AD

މި އިންޒާރު ދީފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ޑިފެންސް މިނިސްޓަރު ޕީޓް ހެގްސެތެވެ.

އެގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެގްސެތު ބުނީ އިރާނާއިއެކު ކުރަމުންދާ މަޝްވަރާތަކަށް އަލި މަގެއް ނުފެނި އެއްބަސްވުމަކަށް ނާދެވިދާނެ ހާލަތަކަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރުވެގެންކަމަށާއި އިރާނުން އެއްބަސްވުމަކަށް ނައިސްފި ނަމަ އިރާނަށް ދެން ދޭނީ މާ ވަރުގަދަ ހަމަލާތަކެއް ކަމަށެވެ.

އެގޮތުން އެމެރިކާއިން އިރާނުގެ ކޮންމެ ފިޔަވަޅެއްވެސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އިރާނުން މިހާރު އުފަދައްމުންދާ ހަތިޔާރުތަކުގެ ހުރިހާ ތަފްސީލެއްވެސް ވަގުތުން ވަގުތަށް އެމެރިކާއަށް ލިބެމުންދާކަން އޭނާ ހާމަކުރި އެވެ. އަދި އެމެރިކާއިންވެސް ހަމަލާތައް އަލުން ފަށަން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވަމުންދާ ކަމަށާއި އެގޮތުން އެމެރިކާއިންވެސް ހަތިޔާރުތައް އުފައްދަމުންދާކަން ހެގްސެތު ހާމަކުރި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އިސްވެ އޮވެ އިޒްރޭލާއިއެކު އިރާނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގައި ވަރުގަދަ ހަނގުރާމައަށް ވަނީ ފެށިފައި އެވެ. މި ހަނގުރާމަ ހުއްޓާލުމަށްޓަކައި ވަގުތީ ގޮތުން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލު ކުރަމުންދާއިރު ދާއިމީ ހައްލެއް ހޯދުމަށް އިރާނާއި އެމެރިކާއިން ވަނީ ރަސްމީ މަޝްވަރާތައް މިހާރު ފަށާފައި އެވެ. ނަމަވެސް މިދިޔަ ހަފްތާގައި ޕާކިސްތާނުގައި ކުރިޔަށްދިޔަ ސުލްހައިގެ މަޝްވަރާތަކަށް އަދި މާބޮޑު ކުރިއެރުންތަކެއް ނުލިބޭއިރު އިތުރު މަޝްވާރަތަކެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC