logoEN
WAMCO TOP 1
ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގައި 115 އޮފިސަރުން ބައިވެރިވެއްޖެ

ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގައި 115 އޮފިސަރުން ބައިވެރިވެއްޖެ

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ފޮޓޯ: ކަރެކްޝަން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ “ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް” ކޯހުގެ ތިން ބެޗެއްގެ ކިޔެވުން ފަށައިފިއެވެ.

THE TRAVELLER AD

ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ ،6, 7 އަދި 8 ވަނަ ބެޗްގައި ޖުމްލަކޮށް 115 އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯސް ފަރުމާކޮށްފައިވަނީ އެމްސީއެސްގެ މަސައްކަތްތަކަށް ޚާއްސަކޮށެވެ. މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ޕްރިޒަން އޮފިސަރުންނަކީ ތަޢުލީމީގޮތުންނާއި ހުނަރުގެ ގޮތުން ޤާބިލް ބަޔަކަށް ހެދުމާއި، މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ.

މިއީ ރާއްޖޭގައި މިދާއިރާ އިން ހިންގާ ފުރަތަމަ ކޯހެވެ. މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް 5ގެ ފެންވަރަށް ބަލައިގަންނަ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.

މި ކޯހުގެ މޮޑިއުލްތައް ކިޔަވާދެއްވާނީ އައިކޯސްޓްގެ މުދައްރިބުންނާއި އެމްސީއެސްގެ ފަންނީ ބައެއް އޮފިސަރުންނާއި ސިވިލް މުވައްޒަފުންނެވެ.

ކޮމެންޓް
ފަހުގެ
HDC