
މިދިޔަ ދެ ހަފްތާގައި ވަގަށް ނެގި މުދަލުން އެއްލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފި
# ސްކޭމް# ވައްކަން# ފުލުހުންފުލުހުންގެ އިދާރާ-
މި މަހުގެ ފުރަތަމަ ދެ ހަފްތާގައި ވަގަށް ނެގި މުދަލުގެ ތެރެއިން 1،461،315 ރުފިޔާ ފުލުހުންގެ ހިދުމަތުން ހޯދައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައިމި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހަށް، މިއީ ހަމައެކަނި މާލެ ހެންވޭރު ޕޮލިސް ސްޓޭޝަނާއި، ގަލޮޅު ޕޮލިސް ސްޓޭޝަން އަދި މާފަންނު ޕޮލިސް ސްޓޭޝަނުން ހޯދާފައިވާ ފައިސާ އެވެ.
އޭގެތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަނުން އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާއިރު، އެއީ 710،406 ރުފިޔާ އެވެ.
ދެން ހެންވޭރު ޕޮލިސް ސްޓޭޝަނުން 490،286 ރުފިޔާ ހޯދާފައިވާއިރު، މާފަންނު ޕޮލިސް ސްޓޭޝަނުން ހޯދާފައިވަނީ 260،623 ރުފިޔާ އެވެ.
ފުލުހުން ބުނީ މިކަމުން ރައްކާތެރިކުރުމާއި، ހަރުދަނާ މުޖުތަމައުއެއް ބިނާ ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްގައި ވަގުތުން ވަގުތައް ފިޔަވަޅު އެޅުމުގެ މަސައްކަތުގައި ފުލުހުން ދެމިތިބޭނެ ކަމަށެވެ. އަދި މިކަމުގެ ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށް ފުލުހުން ވަނީ ފާހަގަކުރައްވާފަ އެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected]އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެއެވެ.





