logoEN
PNC TOP 3
ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރާ 'ސްޕޯޓްސް ޕާކު' ގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރާ 'ސްޕޯޓްސް ޕާކު' ގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

3/30/2026, 10:56:27 AM

# އެޗްޑީސީ

-

ހުޅުމާލޭގެ ފޭސް އެކެއްގައި ގާއިމްކުރާ 'ސްޕޯޓްސް ޕާކު'ގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

PNC MID 2

މިތަން ތަރައްގީކުރާނީ ހުޅުމާޅޭ ފޭސް އެކެއްގައި ހުންނަ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައެވެ.

އިއްޔެ ހަވީރު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެޕާކުގެ ބިންގާ އަޅާފައެވެ. މި ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމާއި، ކުޅިވަރުކުޅޭނެ ފެސިލިޓީތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމްކުރެވޭ ޕާކެކެވެ.

މި މަޝްރޫއުގެ ދަށުން އެ ޕާކުގައި ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް އަދި ޕާކިން ޒޯނެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެޗްޑީސީގެ އަމާޒަކީ، އަންނަ އޭޕްރީލް މަހުގެ ނިޔަލަށް މި މަޝްރޫއު އެއްކޮށް ނިންމާލުމެވެ.

ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން، އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނިވެސް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

މި މަޝްރޫއުތަކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރަށް އިސްކަން ދީގެން އެޗްޑީސީން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC