
-
ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރު އޮނަރަބަލް ފުއާތް އޮކްތާއި އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ އަންކާރާގައި ހުންނަ ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީ އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި، ތުރުކީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ އެއްބާރުލުމާއި ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވައި، 2024 ވަނަ އަހަރު ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރެވުނު ފަހުން ދެ ގައުމުގެ ގުޅުމަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގާނޫނު ހަދާ މަޖިލީހުގެ ދައުރުގެ މުހިންމުކަން ސަފީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ތުރުކީ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ދެއްވާ އެހީތެރިކަމަށް ސަފީރު ޢަބްދުއްރަޙީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މުގައްރިރު އޮނަރަބަލް ފުއާތު އޮކްޓޭ ވަނީ ސަފީރަށް މަރުހަބާ ދަންނަވައި، އެކި ދާއިރާތަކުން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ތުރުކީވިލާތުން ދެވެން އޮތް އެހީތެރިކަމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.
މި ބައްދަލުވުމުގައި، ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، އަލްފާޟިލް ޢަބްދުލްވާރިޘް ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

އަޒަރުބައިޖާން އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އާ ނުލައި ދަތުރުކުރެވޭގޮތް ހަމަޖައްސައިފި
.jpg&w=3840&q=75)
އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އިސްތިއުފާ ދެއްވި ދެ ވަޒީރުންނާއި ދިޔާނާ!

ސްވިޑަން އަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، އެކަމަނާގެ މަޤާމުގެ ފަތްކޮޅު ސްވިޑަން ރަސްގެފާނަށް އަރުވައިފި
.jpg&w=3840&q=75)



