logoEN
WAMCO TOP 1
ސީއެސްއޭ އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

ސީއެސްއޭ އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

ޖަޒްލާ މުހައްމަދު

logo

4/13/2026, 12:12:09 PM

# ޗައިނާ# މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އެންޑް ޓްރޭޑިންގް

ދިވެހި އުފެއްދުން

10 ވަނަ ޗައިނާ ސައުތު- އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.

THE TRAVELLER AD

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އެންޑް ޓްރޭޑިންގް އިން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތައް މި އަހަރުވެސް ދިވެހި އުފެއްދުންތައް ދައްކާލުމުގެ ފުރުސަތާއި، އުފެއްދުންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މިފަހަރުގެ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޔުނާން ޕްރޮވިންގްސްގެ ކުންމިންގްގައި ކަމަށެވެ. އަދި އެކްސްޕޯ ކުރިއަށްދާނީ ޖޫން މަހުގެ 11-16 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

View post on Twitter

އެހެންކަމުން އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 28 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެ އެވެ. އަދި އެކަމަށް އެދޭ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ކޮމެންޓް
ފަހުގެ
HDC