logoEN
WAMCO TOP 1
ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅިގެން އިސްރަށްވެހިންނަށް ޙާއްސަ މަޢުލޫމާތު ސެޝަނެއް

ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅިގެން އިސްރަށްވެހިންނަށް ޙާއްސަ މަޢުލޫމާތު ސެޝަނެއް

އަހުމަދު ޝުރާއު

logo

4/13/2026, 6:08:21 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅިގެން އިސްރަށްވެހިންގެ ނާދީއާއި ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން އަދި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން އިސްރަށްވެހިންނަށް ޙާއްސަ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

THE TRAVELLER AD

މި ސެޝަންގައި މާލެ އަދި ހުޅުމާލެ ނާދީގެ 76 އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ. މި ސެޝަންގައި އާންމު ސާފުތާހިރުކަމާއި، ހޫނުން ރައްކާތެރިވުމާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ގުޅޭ މުހިންމު މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 (މާލެ ނާދީ) ނުވަތަ 3027587 (ހުޅުމާލެ ނާދީ) ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.

ކޮމެންޓް
ފަހުގެ
HDC