
ގައްދޫގައި ޓީޗަރަކަށް ދަރިވަރަކު އަނިޔާކުރި މައްސަލައެއް: ޓީޗަރަށް އޭއެސްއެމްއެޗުގައި އިތުރު ފަރުވާދެނީ
# ދިވެހި ފުލުހުންގެ ޙިދުމަތް-
ގދ އަތޮޅު މަދަރުސާގެ އަންހެން މުދައްރިސަކަށް ދަރިވަރަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް 2026 އޭޕްރީލް 12 ވަނަ ދުވަހުގެ 11:46 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ގދ އަތޮޅު މަދަރުސާއަކީ ގދ ގައްދޫގެ މައި ސްކޫލެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި އަނިޔާވި މުދައްރިސަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ތިނަދޫ ގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މުދައްރިސަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލަ، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ގައްދޫގައި ޓީޗަރަކަށް ދަރިވަރަކު އަނިޔާކުރި މައްސަލައެއް: ޓީޗަރަށް އޭއެސްއެމްއެޗުގައި އިތުރު ފަރުވާދެނީ

މާލޭގެ އެޕާޓްމެންޓަކުން 4 މިލިއަން ވަގަށް ނަގައިފި: 4 މީހަކު ހައްޔަރުކޮށް އަދި މިހާތަނަށް ހޯދުނީ ބައިލައްކަ ރުފިޔާ!

ވޭޕާއި ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 82 މީހަކު ޖޫރިމަނާ ކުރި ، 4 ލައްކަ ރުފިޔާއަށް އަރާ!




