
-
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަން އާންމުކޮށް އިއުލާނުކޮށްފި އެވެ.

މިއަދު ވީޑިއޯއަކާއިއެކު ފުލުހުން ކުރި އިއުލާނެއްގައި ބުނީ ވީޑިއޯ އިން ފެންނަ މީހާއަކީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
އެގޮތުން އާންމުކުރި ވީޑިއޯއިން ފެންނަނީ ހުޅުމާލެ ފޭސް 2 ގެ ޓަވަރަކުން މީހަކު ނުކުމެ ޓަވަރުގެ ލިފްޓަށް އަރާ މަންޒަރެވެ. އެވީޑިއޯއިން މީހާގެ މޫނު ސާފުކޮށް ފެނެއެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގެޝަންގެ ނަންބަރު 9393351 ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައި އެވެ.
އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ގުޅުންހުރި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ "ރައްކާ ރޯޑްޝޯ" ރ. އަތޮޅުގައި ފަށަނީ

ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅިގެން އިސްރަށްވެހިންނަށް ޙާއްސަ މަޢުލޫމާތު ސެޝަނެއް

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަނީ




