
--
އީރާނާއި އޮމާނާއި ދެމެދު އޮންނަ ސްޓްރެއިޓް އޮފް ހޮރްމޫޒް ނުވަތަ ހޮރްމޫޒް ކަނޑުއޮޅި ހުޅުވިކަން އީރާނުން އިއުލާންކޮށްފި އެވެ.

ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރީ އިޒްރޭލާއި، އެމެރިކާ ގުޅިގެން އީރާނަށް ހަމަލާތަކާއި ގުޅިގެންނެވެ.
އީރާންގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނީ، އާއްމު ދަތުރުތަކަށް ހޮރްމޫޒް ކަނޑުއޮޅި މިހާރު ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ހުޅުވާފައިވާ ކަމަށެވެ.
ނަމަވެސް އެ ސަރަހައްދުން އަސްކަރީ އުޅަނދުތައް ދަތުރު ކުރާނަމަ، އެއީ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމާއި ހިލާފުވުން ކަމަށާއި އެކަމާއި މެދު ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު އައިއާރުޖީސީން ވަނީ ދީފައެވެ.
ގުޅުންހުރި

ހޮރްމޫޒް ކަނޑުއޮޅި އާއްމުކޮށް ހުޅުވާލިކަން އީރާނުން އިއުލާންކޮށްފި

21 ގަޑި އިރުގެ މަޝްވަރާއަށްފަހުވެސް އެއްބަސްވުމަކަށް ނާދެވި، އެމެރިކާގެ ނައިބު ރައީސް އެނބުރި ގައުމަށް!

ސުލްހައިގެ މަޝްވަރާތަކަށް އީރާން އާއި އެމެރިކާގެ އޮފިޝަލުން ޕާކިސްތާނުގައި!




