logoEN
WAMCO TOP 1
މާލޭގެ އެޕާޓްމެންޓަކުން 4 މިލިއަން ވަގަށް ނަގައިފި: 4 މީހަކު ހައްޔަރުކޮށް އަދި މިހާތަނަށް ހޯދުނީ ބައިލައްކަ ރުފިޔާ!

މާލޭގެ އެޕާޓްމެންޓަކުން 4 މިލިއަން ވަގަށް ނަގައިފި: 4 މީހަކު ހައްޔަރުކޮށް އަދި މިހާތަނަށް ހޯދުނީ ބައިލައްކަ ރުފިޔާ!

އަހުމަދު ޝުރާއު

logo

4/12/2026, 2:21:08 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މާލޭގެ އެޕާޓްމެންޓަކުން 4 މިލިއަން ދިވެހި ރުފިޔާ ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

THE TRAVELLER AD

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާރިޗު 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު، މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މި ވައްކަމުގައި ޖުމުލަ 4،000،000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށާއި އެ ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 50،000 (ފަންސާސް ހާސް) ދިވެހި ރުފިޔާ ކަމަށެވެ.

މި މައްސަލާގައި ފަސް މީހަކަށް ތުހުމަތު ކުރެވޭ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބި އިރު، އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަންވެސް ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ) އާއި ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) އެވެ.

މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

ކޮމެންޓް
ފަހުގެ
HDC