
ވޭޕާއި ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 82 މީހަކު ޖޫރިމަނާ ކުރި ، 4 ލައްކަ ރުފިޔާއަށް އަރާ!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ވޭޕް ބޭނުންކުރުމާއި ކުރުމާއި ގެންގުޅުމުގެ ކުށުގައި މިދޔަ މަހު އެކަނިވެސް 407,000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ މާޗު މަހު ވޭޕް ކުރުމާއި އެފަދަ ތަކެތި ގެންގުޅުމާއި ގުޅޭ 20 މައްސަލައެއް ވަނީ ބަލާފަ އެވެ. އެ މައްސަަލަތަކުގައި 82 މީހަކު ހިމެނޭ ކަމަށާ އެ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެގޮތުން ވޭޕާއި އީ ސިގިރޭޓު ގެންގުޅުނު 7 މައްސަލަކާއި ވޭޕާއި އީ ސިގިރޭޓު ބޭނުންކުރި 9 މައްސަލައެއްގެ އިތުރުން ވޭޕްގެ ވިޔަފާރި ކުރި 1 މައްސަލައާއި ވޭޕާއި ގުޅޭ އެހެން 3 މައްސަލައެއް މިދިޔަ މަހު ވަނީ ފުލުހުން ތަހުގީގު ކޮށްފައެވެ.
މި މައްސަލަތަކުގެ ތެރެއިން ވޭޕް ބޭނުންކޮށްގެން 52 މީހަކު ޖޫރިމަނާކުރި އިރު ވޭޕް ގެންގުޅެގެން 30 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އެގޮތުން ވޭޕް ބޭނުންކޮށްގެން 269،000 ރުފިޔާގެ ޖޫރިމަނާ ކުރި އިރު ވޭޕް ގެންގުޅެގެން 138،000 ގެ ޖޫރިމަނާ ވަނީ ކޮށްފައެވެ.
ރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައުވާގޮތުން، އެ ގާނޫނާ ޚިލާފް ވެއްޖެ ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭއެވެ.
ގުޅުންހުރި

ގައްދޫގައި ޓީޗަރަކަށް ދަރިވަރަކު އަނިޔާކުރި މައްސަލައެއް: ޓީޗަރަށް އޭއެސްއެމްއެޗުގައި އިތުރު ފަރުވާދެނީ

މާލޭގެ އެޕާޓްމެންޓަކުން 4 މިލިއަން ވަގަށް ނަގައިފި: 4 މީހަކު ހައްޔަރުކޮށް އަދި މިހާތަނަށް ހޯދުނީ ބައިލައްކަ ރުފިޔާ!

ވޭޕާއި ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 82 މީހަކު ޖޫރިމަނާ ކުރި ، 4 ލައްކަ ރުފިޔާއަށް އަރާ!




