logoEN
WAMCO TOP 1
ސޮނެވާ ޖާނީ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސޮނެވާ ޖާނީ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޖަޒްލާ މުހައްމަދު

logo

4/12/2026, 10:09:36 AM

# ފުލުހުން# ރިސޯޓް# އަލިފާނުގެ ހާދިސާ

އަލިފާނުގެ ހާދިސާ ހިނގާފައިވާ ރިސޯޓް- ފޮޓޯ: އެމްވީ ކްރައިސިސް

ސޮނެވާ ޖާނީ ރިސޯޓް މޯލްޑިވްސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

THE TRAVELLER AD

ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ ނ.އަތޮޅުގެ ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިއަދުގެ މެންދުރުފަހު 14:04 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަލިފާން ނިއްވުވުމުގެ މަސައްކަތުގައި ފުލުހުންނާއި، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިތުރުން ރިސޯޓްގެ މުވައްޒަފުން ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ސަބަބެއް ނުވަތަ މީހަކަށް އަނިޔާވެފައިވާކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ. ފުލުހުން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމަށެވެ.

ސޯޝަލް މީޑިއާގެ ޕޯސްޓެއްގައިވަނީ އެތާ ވޯޓާ ވިލާއެއްގައި އެއްކޮށް ކަހަލަ ގޮތަކަށް ރޯވެފަ އެވެ.

ކޮމެންޓް
ފަހުގެ
HDC