
ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ސައިކަލެއް ނެގި މީހާގެ ބަންދުގެ މުއްދަތު 2 ވަނަ ފަހަރަށް އިތުރުކޮށްފި
# ފުލުހުން# ބިދޭސީން# ސްކޭމް# ބަންގްލަދޭޝްސައްހަ ނޫން ސްލިޕްގައި ސައިކަލު ނެގި މީހާ- ފޮޓޯ: ޕޮލިސް
ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ސައިކަލެއް ނެގިބިދޭސީ މީހާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮލައިމާން އާމިރު (24އ) ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ސައިކަލެއް ނެގުމަށް، ލާރި ދެއްކި ކަމަށް ދެއްކުމަށް 92،000 ރުފިޔާގެ ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވައި އޮޅުވާލައިގެން ސައިކަލެއް ނަގާފަ އެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ހުޅުމާލެ ސާވިސް ސެންޓަރަކުން އޭޑީވީ160 މޮޑެލްގެ ހޮންޑާ ސައިކަލެއް ހޯދާފައިވާ ކަމަށެވެ. އަދި ސައިކަލު ނަގާފައިވަނީ ޝީޝާއިން ކަމަށް މައުލޫމާތު ލިބެ އެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފަ އެވެ. އަދި އޭނާ ދެވަނަ ފަހަރަށް ހާޒިރުކުރުމުންވެސް އޭނާ އިތުރު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރުކޮށްފަ އެވެ.




