
-
ފ. ފީއަލީގައި ހިނގައިދިޔަ އަލިފާނުގެ ހަދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަސް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެރަށުގައި މިފްކޯ އިން ހިންގަމުން ދިޔަ އައިސްޕްލާންޓަށާއި ބައެއް މަސް ދޯނިތަކަށް ލިބުނު ގެއްލުންތައް ބެލުމަށް މިނިސްޓްރީގެ ޓީމެއް އެރަށަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފާނަ މަސްވެރިކަންކުރާ ދެ ދޯންޏަކާއި އައިސްޕްލާންޓުގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު ބައެއް އެހެން އުޅަންދުތަކަށްވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.
މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން، މިހާރު އަންނަނީ އަޖީއެމްއެޗްގެ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންނެވެ.





